ރާއްޖޭގެ އަތޮޅުތެރޭގެ 54 ރަށެއްގައި އެކްޓިވް ކޭސްތައް ހުރި އިރު 14 ރަށެއް މޮނިޓަރިންގައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި އެ ރަށްތަކުގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 471 މީހަކު އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 134 ބިދޭސީންނާއި 337 ދިވެހިންނެވެ.

މޮނިޓަރިންގައި މިވަގުތު 15 ރަށެއް އޮތްއިރު، އޭގެ ތެެރޭގައި ހިމެނެނީ ދ. ކުޑަހުވަދޫ، ރ. އުގޫފާރު، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. މަޑުއްވަރި، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ރ. އަލިފުށި، ގދ. ތިނަދޫ އަދި ޅ. އޮޅުވެލި، ނ. ހުޅުދޫ އާއި ރ މާކުރަތެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.

އަތޮޅުތެރޭގައި ޕޮޒިޓިވް ކޭސް އެންމެ ގިނައީ ހުރާގައެވެ. މީގެ އިތުރުން ފެލިވަރުގައި ޖުމްލަ 71 ކޭސް ފެނިފައި ވާއިރު ނައިފަރުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 30 އަށް އަރާފައެވެ.