މިއަދު ޖުމްލަ 147 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 65 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 10 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 69 މީހަކާއި ތަރައްގީ ކުރަމުން އަންނަ ރަށަކުން ޕޮޒިޓިވްވި އެކަކާއި އިންޑަސްޓްރިއަލް ރަށްރަށުން 2 މީހުން ކަމަށެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

މިއަދު ޕޮޒިޓިވްވި އަދަދު: 147

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 93

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 23،671

ކޮވިޑް އެކްޓިވް ކޭސް: 2759

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު: 20،839

ކޮވިޑް މަރުގެ ޖުމްލަ އަދަދު: 66

ކޮވިޑް ބަލީގައި މިހާތަނަށް 66 މީހުން މަރުވެފައި ވާއިރު މިއަދު ޅ. ހިންނަވަރުން ސްޓްރޯކެއް ޖެހި މަރުވެގެން އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް-19އަށް ވަނީ ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެ މީހާ މަރުވެފައި ވަނީ ކޮވިޑް ޖެހިން ކަމަކަށް އެޗްޕީއޭއަކުން ނުނިންމައެވެ.

މި މަހުގެ ތެރޭގައި މި ބަލީގައި ވަނީ ހަތަރު މީހަކު މަރުވެފައެވެ.