ހއ. ކެލާ ތުނޑީގައި ހޮޓަލެއް އަޅަން ފެޑޯ ކުންފުންޏާ މިއަދު ހަވާލު ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރަަހިމް ފަރުހާދު ކަމަށެވެ. އަދި ފެޑޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަޔާޒެވެ.

އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ކެލާ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފު ވެސް ބައިވެރިވެވަޑައިގަތެވެ. ޑރ. އަބްދުﷲ މައުސޫމަކީވެސް ހއ. ކެލާ ބޭފުޅެކެވެ.

ކެލާ ތުނޑީގައި 100 ކޮޓަރީޣެ ހޮޓަލެއް އަޅަން ފެޑޯއާ ހަވާލުކުރުމަށް މިއަދު ބެއްވި ރަސްމިއްޔާތުެގެ ތެރެއިން / ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކެލާގައި ހޮޓަލެއް އެޅުމަށް މިއަދު އެއްބަސް ވުމެއްގައި ސޮއި ކޮށްފައި ވާއިރު، ކެލާގައި ޓޫރިސްޓު ހޮޓަލެއް ގާއިމު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ މިދިޔަ އަހަރު ފަހުކޮޅެވެ.

އެގޮތުން 800،000 އަކަފޫޓުގެ ސަރަހައްދުގައި ހޮޓާ ތަރައްގީ ކުރާއި ކެލައިން ފަތުރުވެރިކަމަށް އިތުރު 14 ބިމެއް ވަނީ ދޫކޮށްފައެވެ.

ހއ. ކެލައަކީ މިހާރުވެސް ޓޫރިޒަމްގެ ވިޔަފާރި ހިންގާ ރަށެކެވެ.