ކޮވިޑް ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އއ. ތޮއްޑޫ މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) އިން ބުނީ އެ ރަށުން ފުރަތަމަ ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އަދި އޭނާގެ ގެއިން އިތުރު ބަޔަކު ވެސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެ ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރުމަށާއި ކޭސް އިންވެސްޓިގޭޓް ކުރަން، އެ ރަށް މޮނިޓަރިން އަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

މިއީ ތޮއްޑޫ މޮނިޓަރިންއަށް ލީ ދެވަނަ ފަހަރެވެ.

އެ ރަށް މީގެ ކުރިން މޮނިޓަރިންގެ ހާލަަތަށް ބަދަލު ކުރީ އެ ރަށުން މާލެއަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އޭރު އެ ރަށް މޮނިޓަރިންގެ ހާލަތުން އެ ރަށް އާންމު ހާލަތަށް ބަދަލު ކޮށްފައި ވަނީ މާލެއިން ޕޮޒިޓިވް ވި ކޭސް އާ ގުޅިގެން އެރަށުން 60 ރެންޑަމް ސާމްޕަލް ނަގާ އެ ސާމްޕަލް ތަކުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.