އައިޖީއެމްއެޗްގައި ދުވަސްނުފުރާ ބަނޑަށް 5 މަހުގައި ވިހޭ 300 ގްރާމް ގެ ކުއްޖަކު އެއްވެސް ފަރުވާއެއް ނުދީ، މަރުވަންދެން ޓްރޭއެއްގައި ބޭއްވި ކަމަށް އާއިލާއިން ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ކަން ހިނގާދިޔަ ގޮތް "ދަ ޕްރެސް" ހިއްސާ ކުރަމުން އާއިލާގެ ފަރާތުން ކުއްޖާގެ ބޮޑުބޭބެ ބުނީ އޭނާގެ ކޮއްކޮ މީގެ ދެތިން ދުވަސް ކުރިން އައިޖީއެމްއެޗަށް ގެންދިޔައީ ބަނޑުގައި ރިއްސާތީ ކަމަށެވެ. އައިޖީއެމްއެޗަށް ގެންދިއުމުން އޮބްޒަވޭޝަންގައި ބޭއްވި ކަމަށް އޭނާގެ ބޭބެ ކިޔައިދިނެވެ.
ބަނޑުގައި ރިއްސަނީ ފައިބްރޮއިޑަކާ އެއްކޮން ބަނޑުބޮޑުވެފައި ވާތީ ކަމަށް އައިޖީއެމްއެޗުން ބުނި ކަމަށާއި އޭގެ ސަބަބުން ބައެއް ފަހަރަށް އަމިއްލައަށް ވިހާ ކަމަށްވެސް އައިޖީއެމްއެޗުން ބުނި ކަމަށް ކުއްޖާގެ ބޮޑުބޭބެ ކިޔައިދިނެވެ.
މާބޮޑަށް ބަނޑުގައި ރިއްސާތީ، ކޮއްކޮއަށް ފާހާނައަށް ދާން އުނދަގޫވެގެން އުޅުނު ކަމަށާއި އެއްޗެއް ނުކެވި ހަމައެކަނި ދިޔާ އެއްޗެއް ބޯލައިގެން އުޅުނީ ކަމަށް ކުއްޖާގެ ބޭބެ ކިޔައިދިނެވެ. އެހެން އުޅެނިކޮށް މިދިޔަ ހޮނިިހިރު ދުވަހުގެ ރޭ ފާހާނައަށް ގޮސް ވިހާހެން ހީވުމުން ނަރުހުންނަށް ގޮވާ ގެނައުމުން ކޮއްކޮ ވިހެއީ ނަރުސް ކުއްޖާގެ އަތަށް، ފާހަނާ ތެރޭގައި ކަމަށް އޭނާ ކިޔައިދިނެވެ.
ކޮވިޑް-19އާ ގުޅިގެން ރޭގަނޑު ހިނގާފަ އުޅޭ ގޮތަށް އުސޫލު ބަދަލުކޮށްފައި ވާތީ ހިނގާފައި އޭނާ އައިޖީއެމްއެޗަށް ދަނިކޮށް އާއިލާގެ މީހަކު ގުޅާ ކޮއްކޮ ވިހޭ ވާހަކަ ބުނުމުން އެޑްމިޓް ކޮށްފައި އޮތް (8 ވަނަ ފްލޯ) އަށް އެރިތަނާ ވޯޑުގައި ބޭބީ އޮތް ކަމަށް ބުނެ އެތާހުރި ޓްރޮލީއެއް ދެއްކި ކަމަށް އޭނާ ކިޔައިދިނެވެ.
ކުއްޖާ ބާއްވާފައި އޮތީ ނާސިންގް ޓްރޯލީއެއްގެ އެންމެ މަތީގައި އޮތް ނޫކުލައިގެ ފޮތިގަނޑެއްގެ މަތީގައި ކަމަށާއި ހީކުރީ ފަރުވާ ދޭން ބާއްވާފައި އޮތީ ކަމަށް ނަމަވެސް ކަންވީ މުޅިން އެއާ ހިލާފަށް ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ ބުނީ ކުއްޖާ އެހެން ހާއަށް އޮތީމާ ފިނިވާނެ ކަމަށް ނަރުސް ކުއްޖާ ކައިރީ ބުނި ކަމަށާއި އެއާއެކު އެ ފޮތިގަނޑު ކުއްޖާގެ ގައިގައި އޮޅާލަ ދޭން އޭނާ ގާތުގައި ނަރުސް ކުއްޖާ ބުނި ކަމަށް ކުއްޖާގެ ބޮޑުބޭބެ ކިޔައިދިނެވެ.
މީގެ އިތުރުން އެ ބޭބީ އަކީ ދުވަސް ނުފުރާ ވިހޭ ކުއްޖަކަށް ވުމުން ދިރި ހުންނާނެ ކަމުގެ އުންމީދު ވަރަށް ކުޑަ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އެ ނަރުސް ކުއްޖާ ބުނި ކަމަށް އޭނާ ކިޔައިދިނެވެ. އަދި ދެން ކަންތައް ކުރަނީ ކިހިނެތްތޯ ސުވާލު ކުރުމުން ކަމެއް ކުރަން ދެން އިނދޭނީ ކުއްޖާ ނިޔާވުމުން ކަމަށް އެ ނަރުސް ކުއްޖާ ބުނި ކަމަށް އޭނާ ބުނެޏެވެ.
އެހެން ބުނުމުންވެސް އެ ގަޑީގައި އެއީ މައްސަލައަކަށް ނަހަދާ، އެވަގުތު އައިޖީއެމްއެޗްގެ އެޗްއާރް މެނޭޖަރު އަހުމަދު ސިރާޖަށް ގުޅި ކަމަށާއި، ވަރަށް ގާތް ރައްޓެއްސަކަށް ވާތީ އެކަމަށް ހައްލެއް ލިބިދާނެ ކަމަށް ބަލާ ގުޅީ ކަމަށް އޭނާ ބުންޏެވެ. ނަރުސް ކުދިންނާ ވާހަކަ ނުދައްކާ ޕޮލިސީ ލެވެލްގެ މީހަކާ ވާހަކަ ދެއްކުމުން އަވަސް ފަރުވާ އެއް ލިބޭނެ ކަމަށް އުންމީދު ކޮށްގެނެވެ.
އެކަންތައް ބަލާދޭނެ ކަމަށް ސިރާޖު ބުނިފަހުން އެ ކުއްޖާ ކުރިން ލާފައި އޮތް ފޮތިގަނޑުން ނަގައިގެން ހުދު ކުލައިގެ ބެޑްޝީޓަކަށް ލުމަށް ފަހު ގައިގަ ކުޑަ ފޮތިކޮޅެއް އަޅާފައި ބޯދޮށަށް ކުޑަ ގްލޯޒް ފޮތި (ބެންޑޭޖެ) ކޮޅެއް ލުމަށް ފަހު އަނެއްކާވެސް އެތާ ބޭއްވީ ކަމަށް އޭނާ ކިޔައިދިނެވެ.
ކުއްޖާ އުފަންވި ކަމަށް ފޫޅުމާ ފޯމުގައި ޖަހާފައި އޮތީ ހޮނިހިރު ދުވަހުގެ ރޭ 9:15 އެވެ. އަދި މަރުވި ކަމަށް ނިންމާފައި ވަނީ ފަތިހު 3:26 ގަ އެވެ. ވިހެއުމަށް ފަހު 6 ގަޑިއިރު ވެގެން ދިޔަ އިރު އެއްވެސް ފަރުވާއެއް ދީފައި ނުވާ ކަމަށާއި ވިހެއުމުން ކުއްޖާ ގެންގޮސް ބޭރުގައި ބާއްވާފައި އޮތީ ކަަމަށް ކުއްޖާގެ ބޮޑުބޭބެ ކިޔައިދިނެވެ.
ކުއްޖާއަށް އެއްވެސް ފަރުވާއެެއް ނުލިބުމުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ފަރާތްތަކާ ގުޅައިގެންވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމްގެ ސެކްރެޓަރީ ނަޒްރާ ނަސީމް (ނަޒޫ) އަށް ގުޅައި ވީޑިއޯ ކޯލް ކޮށްގެން ކަންވީގޮތް ކިޔައިދިނުމުން ޑޮކްޓަރެއް ނުވަތަ ނަރުހަކާ ވާހަކަ ދެއްކުމަށް ނަޒޫ އެދިވަޑައިގަތުމުން ނަރުސް ކުއްޖެއް އަތައް ފޯނު ދިނުމުން ވާހަކަ ދައްކަން ދެކޮޅު ހެދި ކަމަށްވެސް އޭނާ ކިޔައިދިނެވެ.
ނަޒޫ އަށް ގުޅި ކޯލުގައި އޭނާގެ އަތުގައި ފޯނު ބާއްވައިގެން އެތަނުގެ ނަރުސް ކުދިންނާ ނަޒޫ ވާހަކަ ދެއްކެވުމުން، ކުއްޖާގެ ފުރާނަ ހުރި ކަމަށާއި ވިންދާ ނޭވާވެސް ރަނގަޅަށް ލާ ކަމަށް އެ ކުދިން ބުނުމުން، ފަރުވާއެއް ނުދީ ބާއްވާފައި އޮތީ ކީއްވެތޯ ނަޒޫ ސުވާލު ކުރެއްވުމުން، ޑެތް ޑިކްލެޔާ ކުރަން ކަމަށް ބުނި ކަމަށް ކުއްޖާގެ ބޮޑުބޭބެ ކިޔައިދިނެވެ. އަދި އެހެން ކަންތައް ނުކުރެވޭނެ ކަމަށް ނަޒުލާ ވިދާޅުވުމުން އެއީ "ނޯމަލް ޕްރޮސީޖާ" އެއް ކަމަށް ނަރުސް ކުއްޖާ ބުނި ކަމަށްވެސް އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ނަޒޫ ވިދާޅުވީ އެކަމުގައި އުޅެދެއްވާފައި ވާނެ ކަމަށާއި އެކަން ހިނގާދިޔަ ގޮތް އާއިލާގެ ފަރާތުން ހޯދުމަށެވެ.
ކުއްޖާގެ ބޮޑުބޭބެ ބުނީ އެ ކުއްޖާ އޮތީ "މަރާލަން" ބާއްވާފައި ކަމަށާއި މަރުވެ ދިޔައީވެސް އެ ޓްރޭ ތެރޭ އެގޮތައް އޮއްވާ ކަމަށެވެ. ފަރުވާ ހޯދުމަށް ނުގުޅާ މީހަކު މަދުވާނެ ކަމަށާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި އެހެން ބައެއް މިނިސްޓަރުންނާއި ބައެއް ވެރިންނަށްވެސް ގުޅާފައި ވާނެ ކަމަށާއި ނަމަވެސް އެއްވެސް ފަރުވާއެެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.
ފަރުވާއެއް ނުދީ ބޭއްވުމަށް ފަހު މެންދަމު އީސީޖީއެއް ހަދާ މަރުވެފައިވާ ކަމަށް ނިންމި ކަމަށް އޭނާ ކިޔައިދިނެވެ. އެރޭ ފަތިސް ނަމާދަށް ފަހު ކުއްޖާ ވަނީ ވަޅުލާފައެވެ.
އެ ހާދިސާއާ ގުޅިގެން މައްސަލަ ޖެއްސުމަށް ފުލުހަށް ދިއުމުން ބުނީ އެއީ މެޑިލަން ކައުންސިލުން ބަލަން ޖެހޭ މައްސަލައެއް ކަމަށާއި އެ ކައުންސިލުން ބަލާފައި ފޮނުވުމުން ނޫނީ ފުލުހުންނަށް އެ މައްސަލަ ނުބެލޭނެ ކަމަށް ބުނި ކަމަށެވެ. އެކަމަށް އައިޖީއެމްއެޗުން ފޯމެއް ދޭނެ ކަމަށް ބުނެ ދިނީ ޝަކުވާ ހުށަހަޅާ ފޯމު (ކޮމްޕްލެއިން ފޯމް) ކަަމަށް އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން ކަން ހިނގާދިޔަ ގޮތް ހާމަ ކުރުމުގެ ބަދަލުގައި އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށާއި އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
އަައިޖީއެމްއެޗް ގެ ހާލުތި އަބަދުވެސް.. ކިތައް ކުދިން ތިހެން މަރާފަ ހުންނާނެ.. ވަރަށް ރަނގަޅައް ތަޖުރިބާ ކުރިން ލޭބަރ ރޫމްގަ އުޅޭ ރަހުމް ކުޑަ ބައެއް ނަރުހުންގެ ކަންކަން..
ވަރަށް ދެރަކަމެއް
ކާފަރުން ނިންމާހެން މަރޭވާނީ ކިޔާފަ އަހަރުމެން ދިވެހިންނަކަށް ނުނިންމޭނެ. ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރެވެންޖެހޭނެ. ކުއްޖާ ވާނީ މަރުތޯ ނޫންތޯ ނިންމާނީ ﷲ. ކަލޭމެންނަކަށް ނުނިންމޭނެ. މަގުމަތީގަ ވަޅިހަރަން އުޅޭމީހުންވެސް ކަލޭމެނަށް ވުރެ ރަނގަޅު. އެއީ އެމީހުން ވަޅިނަހަރާނެ ކަމާ ނުބެހޭ ބައެއްގެ ގަޔަކައް. ކަލޭމެން ޑީސެންޓްކޮށް ތިބެ ހޮސްޕިޓަލައްދާ ހުރިހާ ރައްޔިތުންނަށް އަނިޔާކުރަނީ.
ބޭބީ ރީތިކޮށްލާފަ މަންމަ އަތަށް ނޫނީ އާއިލާއަތަށް އުރާލަން ދީފައި ރީތިކޮށް ކިޔާދިންނަމަ ދޯ ދެވޭނެ ފަރުވާއެއް ނެތްކަމަށް ތިޔަ ހާލަތުގައި ވިހާކުދިންނަށް. ފުރާނަ ދަންދެކަށްވެސް އޭރުން މަންމައަށް ނޫނީ އާއިލާ މީހަކަށް ނާނާ ކިޔައިދޭންވެސް އިނދެވޭނެނު ލޯބިކޮށްލަން.
މަންމަ އަކައް ކެތެއް ނުވާނެ އެމަންޒަރުބަލަން އެތާތިބީ އިންސާނުންތަ ؟
ތިޔަ އައިޖީއެމްއެޗް އަކީ އިންތިހާއަށް ތިބާވަތުގެ ކަންކަމުގައި ފަރުވާ ކުޑަތަނެއް..!
ހަގީގަތުގައި ދުވަސް ނުފުރާ އެކްސްޓްރީމްލީ ޕްރީމެޗުއަރ އަދި އެކްސްޓްރީމްލީ ލޯވ ބާތުވެއިޓްގައި ބޭބީއަށް ދެވޭނެ ފަރުވާއެއް ނެތް. ބޭބީ ނޭވާލިޔަސް އެޔަށް އަސްލު ކިޔާނީ ގެސްޕިންގ.... މިހާލަތުގައި ވެންޓިލޭޓަރަށް ލިޔަސް ބޭބީ ސަވައިވްއެއް ނުވާނެ. ބޭބީ ވިންދު އަދި ނޭވާ ހުއްޓެންދެން ބޭބީ ރައްކާތެރިކަމައެކު ފޮތިކޮޅަކަށްލާ ރަގަޅަށް ކަވަރ ކޮށްލާފަ ބާއްވާލަންޖެހޭނީ. މަންޒަރު ބަލަން މައިމީހާއަށް ވަރަށް ހިތްދަތިވާނެ ނަމަވެސް މީ ހަގީގަތަކީ
ފުރަތަމަ ބައި ހަމަ ކަރެކްޓް. ކުރެވޭނޭ މާ ބައިވަރު ކަމެއް ނެތް. އެކަމަކު ބޭބީ މަންމާ ގާތުގައި ބޭއްވީއްޔާ ސަހަރޯވެރި ވަނީ ކާކަށްތޯ ސުވާލަކީ. ތިޔަ ބުނާހެން ކަންތައް ކުރިއްޔާ ބޭބީ ފެމިލީ ކައިރީ ބޭއްވިޔަސް މައްސަލައެއް ނޫން ކަންނޭގެ. މޭވާގެ ބަދަލުގައި ގޭސްޕު ކުރި ކަމުގައި ވިޔަސް ވާރމް ދޮތިކޮޅެއްގަ ބަންޑްލް ކޮށްލާފަ ބޭބީ މަންމަ ގާތުގައި އެންމެ ފަހުވަގުތު ކޮޅުވެސް ހޭދަކޮށްލުން ހަމަ ގައިމުވެސް ފެމިލީއަށާ ބަލަން ތިބި އެންމެނަށްވެސް ހިތްހަމަޖެހުން ލިބޭނެ ކަންނޭގެ. މިތާ މައްސަލަ އަކީ އެއްވެސް ހާލެއްގަ ބޭބީގެ ހާލަތު މީހަކަށް އޮޅުމެއް ޖޫން. ހޮސްޕިޓަލުން މައްޔިތާއަށް ކުރާ އިހްތިރާމްވެސް ފުރާނަ އަޅުއްވާފައި ހުރި ބޭބެއަކަށް ނުކުރީމަ. ހިތުގައި ރަހުމެއް ނެތް ބަޔަކަށް އަންޑަރސްޓޭންޑް ނުވެދާނެ
ތިޔަކަން އާއިލާއިން ތިއުޅެނީ ބޮޑުކޮށްލައިގެން. ތިވަރުގައި ވިހާ ކުއްޖަކަށް މެޑިކަލީ ދެވޭނެ މާބޮޑު ފަރުވާއެއް ނޯންނާނެ. އެޓްލީސްޓް 25ވީކްސް އިން ކިރިޔާވެސް ސަވައިވަލް ޗާންސްއެއް ކަމަށް ބަލާނީ
އާން. އާއިލާއިން އެހާވަރަށް ކެއާކުރާނަމަ މި ފޮތޯތައް ނުލާނެ.
ފަރުވާ ދީގެން ރަނގަޅު ކުރެވޭނެ ކަމުގެ ކުޑަ އުންމީދެއް އޮތަސް ފަރުވާ ދެވެން ޖެހޭ. 22 ވީކްސް ގަ ވިހާފަތިބި ކުދިން ވެސް އެބަހުރި ފަރުވާދީގެން ސަލާމަތް ކޮށްފަ. 5 މަސް ދުވަހު އެ ދަރި ބަނޑު އެޅި މައިމީހާ އަށް ކޮއްލާނެ އަސަރު ވިސްނާލަބަލަ. ދަރިޔަކު ބަނޑުއަޅާ ވިހެއި މަޔަކަށް ނޫނީ ނޭނގޭނެ މިއީ ކިހާވަރު ކަމެއްކަމެއް. އަދި ހާއްސަކޮށް ތި ނުރަބޯ ކަހަލަ ނުލަފާ ވިސްނުން ހުންނަ މީހަކަށް.
5 މަހުގައި ވިހާ ކުދިންނަށް ފަރުވާ ދެވޭނެ ޑިޕާރޓްމެންޓެއް އައިޖީއެމް އެޗްގައި ހުރޭ. އަދި އެކަށީގެންވާ ފަރުވާ އާއި އެކު ރަނގަޅުކުރެވޭނެ. 9 މަހުގެ ކުއްޖެއްވެސް ވިހައިފައި މަރުވާން ދޫކޮށްލެވިއްޖެނަމަ މަރުވާނެ. ރަނގަޅަށް ސިއްހީ ކަންކަން ދިރާސާ ކޮށްފައި ވާހަކަ ދައްކަބަލަ
އެންމެ ކުޑަމިނުން އެ ކުއްޖާ ޓްރޭ އަކަށް ލާފަ ނުބާއްވާ ދެވެން އޮތް ފަރުވާއެއް 6 ގަޑިއިރު ތެރޭ ދިންނަމަދޯ. އާއިލާ އަކުން ކުއްޖަކު ދިޔައީމަ ވާ ދެރަ އިހުސާސް ނުކުރެވެނީތޯ!!! 6 ގަޑިއިރުވަންދެން ކުއްޖަކު އެއްވެސް ފަރުވާއެއް ނުދީ ބޭއްވުންމޭ ދޯ ތި ބުނަނީ ރަނގަޅު ގޮތަކީ. 25 ކީއްކުރަން 1 ޕަސެންޓް ވިޔަސް ކުރެވެން ހުރި ކަމެއް ކުރަން ޖެހޭނެ!!
ކުއްޖާ ސަލާތް ނުކުރެވުނަސް އެގޮތަށް ހާމައަށް ނުބާވާ އެންއައިސީޔޫގަ ފަރުވާނުދެވުނަސް ބޭވިނަމަ މިއަދު މިމައްސަލަ ނުޖެހުނީސް
ޥަރަށް ފަރުވާ ލަސް ވެސް ވާނެ:::::
އަސަރުކުރި ވާހަކައެއް. ދަންނަވަން އޮތީ އާއިލީ ލަގޮނޑިއަށް ކެތެއް ނުވާނެ މަންޒަރުބަލަން އެހެންނަމަވެސް ހަގީގަތަކީ މި މަރްހަލާގަ އޮންނަ ޕްރޮސީޖަރ އެމީހުން ފޮލޯކުރީ. 24 ހަފްތާ އަކީ ކިރިޔަކިރިޔާވެސް އެންމެފަހުގެ މެޝިންތަކުގެ އެހީގަވެސް ފަރުވާއެއްދެވޭނެ އުމުރު. 20 ހަފްތާވީމަ ދުނިޔެއަށް ނޭވާލާނީ މަދު ހިނދުކޮޅަކަށް. ޢާއިލާ ޖަޒްބާތުގަ ވާހަކަދެއްކުމަކުން މައްސަލައެއްނޫން ނަމަވެސް ނޫސްކިޔާފަ ކޮމެންޓްކުރަންތިބޭނީ ކޮންމެވެސް ވަރަކަށް ރޯފިލާފަ ތިބި މީހުންތާ. ކޮންމެ ކަމެއް އެޅިއަތަކަށް މަރު ބަރޭންޑް ދޫކޮށްލާފަ ވިސްނުންވެސް އިސްކުރައްވަން ޖެހިލައްވާނެ.
އާއިލީ ލަގޮނޑިއަށް ކެތްވީމަ އެންނު އެމައުސޫމު ކުއްޖާގެ ފޮތޯތައް މުޅި ދުނިޔެއަށް ހިއްސާކޮައްފަ އެއޮތީ
ވަރަށް ރަނގަޅު ވާހަކަައެއް، އެކަމަކު މީކީ ކަނޑުން ބޭނި މަހެއް ނޫން ދޯނީގެ ތައްޓު މަތީ ބާއްވާކަށް. ހިތަށް ކެއްނުވާ ފަދަ މަންޒަރު ނަރުހުންގެ އަމަލުން ދެއްކީމަ އެވާހަކަ އެކިޔާދެނީ. އަމިއްލަ ދަރި އަކު އެގޮތުގަ އޮންނަތަން ބަލަން ކެރޭނެތަ؟ އެކުއްޖާ ރަޖައަކައް ލާފަ ރީތިކޮއް އޭނާގެ ފަހުނޭވާ ލާން ބޭއްވެނީވެސް ނަރުހުންނައް ޕްރޮޓޮކޯލް ހަދައިދިނީމަތަ؟
سبحان الله!!! ނިއުބޯނ ބޭބީސް މަރަންފެށީދޯ، ޗައިނާހެން! ތި އިންޑިޔާ މީހުން އަވަހަށް މިގައުމުން ބޭރުކުރަން އުޅެބަލަ. ދެންވެސް!؟!؟!؟
ހުކުރު ޚުތުބާއާ މީސް މީހުންގެ ކަށު ނަމާދަށް ވެސް "ރަށްވެހި ފަތިސް" މަށަށް ފެނޭ އިތުރު ކުރަން. އެހެންޏަ ދެން ކުއްޖެއްގެ މަރާވެސް ސިޔާސީ މުންޖާ ގުޅުވަން. ޙަޤީޤަތަކީ، އާއިލާއަށް ޙަމްދަރުދީ ވާ ޙާލުގަ، 5 މަހުގަ ދުނިޔަ އަށް އައީމަ ކުރެވޭނެ މާބޮޑު ކަމެއް ނެތީކަމަށް އެބަޖެހޭ ޤަބޫލު ކޮށްލަން އާއިލާއިން.. އެ އުމުރުގއ ހޮޅިތަކާ ކަށިތަކުގެ އެ ތުއްތު ހަށިގަނޑަށް ދިނުމުގެ އެއްވެސް ބޭނުމެއް ނުފެނޭ. 9 މަސް، މަދުވެގެން 8 މަސް ބަނޑުގައި ބާއްވަނީ އެހެންވެ.
لَا بَأْسَ طَهُورٌ إِنْ شَاءَ اللَّهُ اللَّه ގެ ކުޅަދުންވަންތަކަން. އެންމެ ނިކަމެތި މީހާގެ ބަނޑުގައި ވެސް މެޝިނެއް ބޭނުން ކުރަން ޖެހުމެއްނެތި. އެކަލާންގެ ކަށުކުޅަދުުންވަންތަކަން ބޮޑުކަން
މާ ގަދަ މީހަކަށް ވެގެން ޕޮލިސީ ލެވެލް މީހުންނަށް ގުޅައިގެން އޮންނަ އުސޫލު ފުޑާލައިގެން މޮޅުކުރަން އުޅެނީ. ފުރަތަމަ އެތަނުން ކަމެއް ނުވީމަ ދޯ މެނޭޖަރާ ދެންތިބި މީހުންނަށް ގުޅާނީ. ވީޑިއޯ ކޯލްކޮށް ތަނުގެ ހުރުމަތް ކަނޑަން ލަދެއް ނުގަނޭ
ދެން ކަލޭ ތި ބުނަނީ ހަދާނެ އެއްޗެއް ހަދަންދެން އަނގަ މަޑުން ލައިގެން ތިބޭށޭ ތަ؟ ހުރުމަތް އެ ކަނޑަނީ ހޮސްޕިޓަލުން އަމިއްލަ އަށެންނު! ކަލޭ ނަމަ ހުންނާނީތަ ހަމަ އަނގަ އައްޕަޗަށް ޖަހައިގެން މަރުވަންދެން ހުރުމަތް އަތަށް ލައިގެން؟
ބަޑަށް ކިތައް މަހުގަ ތޯ ވިހެއީ ލިޔެލިނަމަ. ޥެދާނެ އެއް ނު ވައެބަލް ގެސްޓޭޝަނަލް އޭޖައް ވުރެ ކުޑައީކަމަށް.
ދަންނަވަންތޯ 5 މަހުގެ ކުއްޖެއް އެއީ ވައެބަލް ޖެސްޓޭޝަނަލް އޭޖައްވުރެ ކުޑަ އެބޯޝަންއެއް. އައިޝާ ނަމުގަ ކޮމެންޓުކުރި ފަރާތަށް އެނގޭތޯ އެވަރު ބޭބީއެއްގެ ބަރުދަން ކިހާ ކުޑަވާނެކަން. އައިޖީއެމްއެޗް މޮޅުކުރާކަށް ނޫން. އެކަމަކު މި ރާއްޖޭގަ ނުހުންނާނެ ތިވަރު ބޭބީއެއް ސަލާމަތް ކުރެވޭނެވަރުގެ ހޮސްޕިޓަލެއް.
ހަބަރު ރަގަޅަށް ކިޔުއްވި ނަމަ އިނގޭނެ.
ރަނގަޅަށް ކިޔާލިނަމަ އެންގޭނެ ބަނޑަށް 5 މަހުގަ ވިހޭ ކުއްޖެއްކަން.. ކޮންމެ ގޮތެއް ވިޔަސް ފުރާނަ ހުރިއްޔާ އެމީހުން ޖެހޭނެ އެއްނު އެމީހުންނަށް ކުރެވެން ހުރި މަސައްކަތެއް ކުރަން ބޭބީ ސަލާމަތް ކުރަން.. ހާދަ ރަހުމް ކުޑަވީމައޭ ހަމަ މަރުވަން އެ ދޫކޮށްލީ.. ????????
މި ފަނާވެނެވި ދުނިޔެއިން މި ދުނިޔެދޫކޮށްފަ އެ ދިޔަ މައުސޫމް ތުއްތު ކުއްޖާއަށް މިދުނިޔޭގައި އިންސާފެއް ނުލިބުނަސް އެ ދުނިޔޭގައި އިންސާފް ލިބޭނެ..
ބޭބީ ބަރުދަން ކޮބާ؟؟؟؟
ސުބުހާނަﷲ . އެތާނގައި އެތިބެނީ އިންސާނުންތަ؟
ފަސް މަހަކީ 20 ހަފްތާ. އެވަރު ތުއްތު ކުދިންގެ ފުއްޕާމޭ އެއްކޮށް ތަރައްގީއެއް ނުވާނެ. ނޭވާލުމަށް ބޭނުންވާ މެޝިނެއް ރާއްޖެއަކު ނުހުރޭ. ކިރިޔާ 28 ހަފްތާ ފަހުން ވިހާފިއްޔާ ކަމެއް ކުރެވޭނީ ރާއްޖޭގައި. ތިގޮތަށް އެތަށް ފުރާނަ އެއް ދުނިޔެދޫކޮށް ދަންދެން ބަލަން ތިބި މަންމައިން އެބަތިބި!
މިދިޔަ ހަފްތާ ރަށަށް އައީ ހަމަ ތި އައިޖީއެމްއެޗުން 5 މަހުގަ (20 ހަފްތާގަ) ވިހި ކުއްޖެއް 8 މަސްވީމަ ދޫކޮށްލައިގެން. އަލްހަމްދުލިއްލާހި ހަމަ ހާލުވެސް ރަނގަޅު، ވަކި މީހަކަށް ވަކި ގޮތެއްތަ ތި ހަދަނީ ހޮސްޕިޓަލުން. މީގެ ކުރިން ތިކަހަލަ ވާހަކައެއް ނީވޭ. ކަމެއް ވީމަ ހަގީގަތް އޮޅުވާލަން ހަމަ!!
ނޭވާލާ ނިޒާމު ފުރިހަމަ ނުވާނަމަ އެހާ އިރުވަންދެން އެކަނި މާ އެކަނި ޓްރޭ އެއްގެ ތެރޭގައި ދިރި ނޯންނާނެ. ވަސީލަތް އެބަހުރި އެކަމަކު އަޅާލާނެ ބަޔަކު ނެތީ.
އެހެން ޕްރިމެޗުއަރ ބޭބީސް ވެސް ވެންޓިލޭޓަރ އެއްނޫންތަ ބާއްވާފަ އޮންނަނީ؟ އެ ހުރޭ ނޫންތަ އައިޖީ އެމް އެޗް ގަ؟؟
ތެދެއް ތިބުނީ އަހަރެންވެސް ވިހެއީ 27 ހާފްތާގަ ބޭބީ ސަވައިވްއެއް ނުވޭ. ދުނިޔޭގަވެސް 25 ހަފްތާއިން ވައިބަލް ކަމަށް ބަލާނީ. އެވަރުގަވެސް ވެންޓިލޭޓާރގަ ބޭއްވިއަސް ބޭބީ ސަވައިވަލް ޗާންސް ވަރަށް ކުޑަވާނެ. ރާއްޖޭގަ އެވަރުގެ ފެންވަރެއްނެތް. އެކަމަކު ތިބޭބީއާމެދު ކަންތައްތައް ކުރެވިފައިވަނީ ރަނގަޅަކަށް ނޫން. މަންމައަށް ކެތްތެރިކަން ދެއްވާންދޭވެ. ސުވަރުގޭގައި ދަރިއެއް ވުމަކީ މައިންބަފައިން އަށް ލިބޭ ރަޙްމަތެއް.
އެކަމަކުވެސް މަރުވަންދެންވެސް ކުރެވުނު ފަރުވާއެއް ކޮށްދޭންވާނެ ދޯ. އެއްލާލާފަ ބާއްވާނީއެއް ނޫނެއްނު.
ސުބުހާނަﷲ . އެތާނގައި އެތިބެނީ އިންސާނުންތަ؟