ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން އިތުރު 94 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 65 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 15 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް ވި 14 މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

މިއަދު ޕޮޒިޓިވްވި އަދަދު: 94

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 136

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 21،476

ކޮވިޑް އެކްޓިވް ކޭސް: 1438

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު: 18،967

ކޮވިޑް މަރުގެ ޖުމްލަ އަދަދު: 64

ކޮވިޑް ބަލީގައި މިހާތަނަށް 64 މީހުން މަރުވެފައި ވާއިރު މި މަހުގެ ފުރަތަމަ މީހާ މަރުވެފައި ވަނީ މިމަހު ތިން ވަނަ ދުވަހެވެ. އެ މީހާ އަކީ މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ ފަހުން ހެދި ކޮވިޑް ޓެސްޓުން ޕޮޒިޓިވް ކަން އެނގިފައިވާ މީހެކެވެ. އެއާއެކު އޭނާ މަރުވީ ކޮވިޑުގައި ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ދެވަނަ މީހާ މަރުވީ މިމަހު ހަތަރު ވަނަ ދުވަހެވެ. އެއީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

މިއަދު ފެނުނު 94 ކޭސްއާއެކު މި މަހު މިހާތަނަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު މި ވަނީ 1683 އަށް އަރާފައެވެ.