ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އަޅާ 2000 ހައުސިންގް ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯރޕަރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ ސަލްފިއްޔާ އަންވަރެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް ކައްރި ސުދާކަރަ ރެޑީއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެދަށުން ހުޅުމާލޭ 2ވަނަ ވަނަ ފިޔަވަހީ 2000 ހައުސިންގް ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓ

މިއަދު ސޮއި ކުރި އެ މަޝްރޫއުގެ ދަށުން 3 ކޮޓަރިއާއި 3 ފާހާނާގެ 1400 ޔުނިޓާއި، 2 ކޮޓަރިއާއި 2 ފާހާނާގެ 600 ޔުނިޓު ހަދާނެއެވެ. 137 މިލިއަން އެމެރިކާ ޑޮލަރުގެ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫއު 3 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްވެސް އެއްބަސްވުމުގައި ވެއެވެ.

އެއްވެސް ބަޔަކު ބާކީ ނުވާހެން، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދަން މަދުވެގެން 5،000 ފްލެޓު އިމާރާތް ކުރައްވާނެ ކަމަށައި އެ ހައުސިން ޔުނިޓްތަކަކީ ކުރިން ތަރައްގީ ކޮށްފައިވާ ގިންތީގެ ހައުސިން ޔުނިޓްތަކާ އަޅާބަލާއިރު ސައިޒުގެ ގޮތުން ތަނަވަސް އަދި ނިސްބަތުން އަގު ހެޔޮ ޔުނިޓްތަކަކަށް ވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.