ރ. އަލިފުށީ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ބަލިވެ، އެރަށުގެ ސްކޫލު ކުދިންގެ ރޭންޑަމް ސާމްޕަލް ނަގަން ފަށައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އަލިފުށީ ކައުންސިލްގެ ރައީސް އަބްދުالله ރާޒީ ވިދާޅުވީ އެރަށުގެ ސްކޫލުގެ ގިނަ ދަރިވަރުންތަކެއް އަރިދަފުސް ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން ސްކޫލަށް ނުދާތާ މިހާރު ދެދުވަސް ވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޓީމެއް މިއަދު އަލިފުއްޓަށް ގޮސް، ރޭމްޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި ސާމްޕަލް ނަގަނީ ސްކޫލަށް ނުދާ ދަރިވަރުންގެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދަ ޕަރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ސްކޫލާ މިވަގުތު ހަވާލުވެ ހުންނެވި، އަލީ ޝަހީމް ވިދާޅުވީ އިއްޔެ އެ ސްކޫލަށް 106 ދަރިވަރަކު ހާޒިރު ނުވާ ކަމަށާއި މިއަދު އެ ސްކޫލަށް ހާޒިރު ނުވާ 123 ދަރިވަރުން ހިމެނޭ ކަމަށެވެ. އެގޮތުން މިދިޔަ 3 ދުވަހު ސްކޫލަށް ހާޒިރު ނުވާ ދަރިވަރުންގެ ތެރެއިން 50 ދަރިވަރެއްގެ ސާމްޕަލް ނަގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލިފުށީ ސްކޫލަކީ ޖުމްލަ 400 އެއްހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ.
އެ ރަށުން ރޭންޑަމް ސާމްޕަލް ނަގަން ފަށާފައި ވާއިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވެފައި ވާތީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލަން އެޗްޕީއޭއިން އެޑިއުކޭޝަނަށް އެންގުމުން، ގްރޭޑް 8 އާ ހަމައަށް ކިޔަވައި ދިނުންވެސް ވަނީ ހުއްޓާލާފައެވެ.
ކޮވިޑް ހާލަތު އިތުރަށް ގޯސްވެ މި ދިޔަ އަހަރު ސްކޫލްތަކުގެ ޓާމު ކިޔެވުން ބަންދު ކުރި އިރު ރާއްޖެގައި ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. މިއަހަރު ފެށުނު އިރު 50 އިން ދަށުގައި ކޭސްތައް ހުރި ނަމަވެސް ސްކޫލަތައް ހުޅުވާލި ފަހުން ކޭސްތައް ވަނީ 100 އިން މައްޗަށް އަރާފައެވެ. އަދި އެކިއެކި ސްކޫލުތަކުގެ މެނޭޖުމަންޓުގެ ބައެއް ބޭފުޅުންނާއި ބައެއް ދަރިވަރުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.
ކޮވިޑުގެ ޙާލަތު ގޯސްވުމާއި، ސްކޫލްތައް ހުޅުވާފައި ބެހެއްޓުމާ ދެެމެދު ގުޅުމެއް އޮތްކަމަށް މި ވާހަކަ ލިއުއްވި ބޭފުޅަކު ދެކެވަޑައިގަންނަވަނީތޯ؟