މަރުވެފައި އޮއްވާ އައިޖީއެމްއެޗްއަށް ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ އާއިލާ މީހަކު ބުނީ މިއަދު ފަތިހުގެ ވަގުތެއްގައި އުމުރުން 67 އަހަރުގެ އަބްދުލްލަތީފް ހަސަން ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ސިފައިން ގެއަށް ހިދުމަތް ކުރި އަބްދުލްލަތީފް މަރުވެފައި އޮތް ކަން އެނގުނީ ފަތިސް ނަމާދަށް ދާން ގޮވުމުން ނުހޭލުމުން ކަމަށް އާއިލާއިން ބުނެއެވެ.

އާއިލާއިން ބުނީ އޭނާ ހޮސްޕީޓާލަށް ގެންގޮސް ކޮވިޑަށް ޓެސްޓު ކުރި އިރު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ، އެހެންކަމުން އޭނާގެ ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. މިހާރު އަބްދުލްލަތީފްގެ ހަށިގަނޑު ވަނީ ހުޅުމާލެ ސަހަރާއަށް ވަޅުލުމަށް ގެންގޮސްފައެވެ.

އަބްދުއްލަތީފް ކޮވިޑް-19 އަށް ޓެސްޓް ކުރުމުން އޭނާގެ ނަތީޖާ ޕޮޒިޓިވް ވެފައި ވާއިރު، ކޮވިޑް ބަލީގައި މަރުވި މީހެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަދި ނުނިންމައެވެ.