ދޯންޏެއްގެ ފަޅުވެރިއަކަށް ފިޓް ޖެހިގެން ކުއްލި ފަރުވާއަށް ޅ.ނައިފަރަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ޅ.އަތޮޅުގެ މެދުތެރެއިން 14 މީހުންނާއެކު މަސްވެރިކަން ކުރަމުން ދިޔަ "ހަޒާނާ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ފަޅުވެރިއަކަށް ފިޓް ޖެހިގެން ނައިފަރަށް ގެންގޮސްފައިވާ ކަމަށެވެ.

ފިޓް ޖެހިގެން އުޅުނީ އުމުރުން 30 އަހަރުގެ ދިވެހި ފަޅުވެރިއަކަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެމީހާ ނައިފަރަށް ގެންގޮސްފައި ވަނީ މިއަދު 10:50 ހާއިރު ކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 09:03 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.