ދިރާގުން މަމެން ޑޭޓާ އެޑްއޮން ތަކުން އަނެއްކާވެސް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓް މަމެން ޑޭޓާ އެޑްއޮން ތަކުން އަންނަ މަހުގެ ތިނެއްގެ ނިޔަލަށް ލިބޭނެ ކަމަށެވެ. އެ ޕްރޮމޯޝަން ނިމުމާ އެކު ކުރީގެ ޕްރޮމޯޝަނުގައި ވާ ގޮތަށް ކަސްޓަމަރުންނަށް 15 ޕަސެންޓް ޑިސްކައުންޓް މަމެން ޑޭޓާ އެޑްއޮން ތަކުން ލިބޭނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ޑޭޓާ އެޑްއޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑްއޮންސް" ޓެބުން ލިބެން ހުންނަ އެޑްއޮންތައް ބަލާލެވޭނެއެވެ.

ޕެކޭޖްތަކުގެ އަދަދު ދައްކާފައި ހުންނާނީ "އާބީ" އިންނެވެ. އަދި ޕެކޭޖް ގަތުމާއެކު "އާބީ"ގެ ބެލެންސުން ކެނޑޭއެވެ. ހުރިހާ ކަސްޓަމަރުންވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައިއެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެއެވެ.

ދިރާގުން ވަނީ ހާއްސަ ޑޭޓާ އެޑްއޮން ޕެކޭޖްތައްކެއްވެސް ތައާރަފްކޮށްފައެވެ. އެ އެޑްއޮން ތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގް ގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ އެޑްއޮން ތަކެކެވެ. ކަސްޓަމަރުންނަށް 7 ދުވަހާއި 15 ދުވަހާއި އަދި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑްއޮން ނެގޭނެއެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފު ކުރި، އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ.