ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގައި ވެކްސިން ޖަހާފައިވާ އުމުރުން ދޮށީ އުމުރުގެ ދެވަނަ މީހަކު މަރުވެއްޖެ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.
މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަ ކުރަމުން ބުނީ، 81 އަހަަރުގެ އަންހެނަކު ވަނީ ކޮވިޑް ވެކްސިން ޖެހިފަހުން މަރުވެފައި ކަމަށެވެ. އޭނާ މރުވެފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށާއި އެއީ ކުރިން ކޮވިޑް ވެކްސިން ޖެހި ފަހުން މަރުވި އުމުރުން 93 އަހަރުގެ ފިރިހެން މީހާގެ އަނބިމީހާ ކަމަށް އެޗްއީއޯސީން ބުނެއެވެ.
މި ދެމަފިރިން ވެސް ވެކްސިން ޖަހާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށް އެޗްއީއޯސީން ބުނެއެވެ. ކޮވިޑް ޖެހިފަހުން ނިޔާވި މި ދެ ކޭސްއާ ގުޅިގެން ތަހުގީގުތަކެއް ކުރަމުންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.
ކޮވިޑް ވެކްސިން ޖެހި ފަހުން މަރުވި ފުރަތަމަ މީހާއަކީ އުމުރުން 93 އަހަރުގެ ގދ. ގައްދޫ މީހެކެވެ. އޭނާ މަރުވީ އިއްޔެގެ ވަގުތެއްގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިރޭ 83 އަހަރުގެ އަންހެން މީހާ މަރުވުމާ އެކު ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު މި ވަނީ 61 އަށް އަރާފައެވެ. އެ ގޮތުން މިއަދު ޖުމްލަ 3 މީހަކު މި ބަލީގައި މަރުވެފައިވާ އިރު މި މަހު މަރުވި އެއީ 10 ވަނަ މީހާއެވެ. މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 61 އެވެ.