ވިލިމާލޭގައި ގަސް ހެއްދުމަށް ކޮމިއުނިޓީ ގާޑެނިންއަށް ކަނޑާއަޅާފައި ވާ ބިމުން 30 ޕްލޮޓް ދޫކުރަން ނިންމައި، ޕްލޮޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވިލިމާލޭގައި ގަސް ހެއްދުމަށް ކަނޑައާޅާފައި ބިމުން ދޫކުރުމަށް ހަވަޖެހިފައި ވަނީ 400 އަކަފޫޓޫގެ 30 ޕްލޮޓް ކަމަށެވެ. މި ޕްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން މިމަހު 25 ވާ ބުރާސްފަތު ދުވަހުގެ ނިޔަލަށް މާލެ ސިޓީ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.

މި ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައި ވަނީ މަހަކު 1000 ރުފިޔާއަށެވެ. މި ޕްލޮޓަށް އެދި ހުށަހަށަން ޖެހެނީ މިކަމަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ހުޅުވާފައިވާ ފޯޓަލް މެދުވެރިކޮށެވެ. އެ ކައުންސިލުން ބުނީ ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިއުލާނުގެ މުއްދަތުގައި ރަޖިސްޓްރީ ކުރުމުގައި އެހީތެރިކަން ވިލިމާލެ އޮފީހުން ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ފޯރުކޮށްދޭނެ ކަމަށެވެ.

ހަމައެއާއެކު، މި ޕްލޮޓްތަކަށް ޝަރުތު ހަމަވާ ފަރާތްތައް ހޮވުމުގައި 30 ފަރާތަށްވުރެ އިތުރުވާ ކަމަށް ވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އެދޭ ފަރާތްތަކުގެ މެދުގައި ގުރުލައަތު ލައިގެން ކަމަށް މަލެ ސިޓީ ކައުސިލުން ބުނެއެވެ. އެ ކައުންސިލުން ބުނީ އެއްވެސް ޕްލޮޓެއް ފަހުން ހުސްވެއްޖެ ނަމަ އިތުރަށް ދޫކުރާނީ ގުރުއަތު ތަރުތީބު ވާ ގޮތުގެ މަތިން ކަމަށެވެ.

މި ޕްލޮޓްތައް ދޫކުރާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. މާލެ ސިޓީން ގެޒެޓް ކުރި އިއުލާނާއެކު ވަނީ ޕްލޮޓްތައް ހުރި ސަރަހައްދު އެނގޭނެ ޗާޓަކާއި އެކަމާއި ބެހޭ އުސޫލު ހިމަނާފައެވެ.