ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށް ނެގި ކެބިން ކްރޫއެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބ. އަތޮޅުގައި ހިންގާ ރިސޯޓަކަށް ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ގެއްލުނު ގިނަ އަދަދެއްގެ ފައިސާތަކެއް އެ ފަތުރުވެރިޔާ ދަތުރުކުރި ސީޕްލޭންގެ ކެބިން ކްރޫއެއްގެ އަތުން ފެނުނު މައްސަލައެއް މިމަހު ނުވަ ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމީހާ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހިގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތުރުވެރިޔާ އަތުން 3000 ޑޮލަރު އެމީހާ ވައްކަން ކޮށްފައިވެއެވެ.