މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް 10 ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އެގޮތުން މިއަދު ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވެވި ނަންތައް މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ އިއްވާފައެވެ. އެ ނަންތަކުގެ ތެރޭގައި ރައީސް އެންމެ އިސްކަން ދެއްވާފައި ވަނީ މުހައްމަދު ފަޒީން އަށެވެ.

މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސް ވަނީ 10 ނަމެއް ފޮނުއްވާފައެވެ. އެއީ:

  1. މުހައްމަދު ފަޒީން، ހޭޒްލީން/ ބ. ތުޅާދޫ
  2. އައިޝަތު ޝިފްޒާ މުސްތަފާ، މާދަނޑު- އާސާން/ ޏ.ފުވައްމުލައް
  3. ޝިފާ ތައުފީޤް ހ. ހާޖަރާގެ
  4. އަލީ މުހައްމަދު މަނިކު، ދަފްރަރު ނަންބަރު: ރސ1851
  5. އަހުމަދު މޫސާ، ހ. އަބްސާވިލާ
  6. ޒުބައިރު އަހުމަދު މަނިކު، ގ. މަލްބިނަބް
  7. ހަސަން ރަޝީދު، ފްލާވާގެ/ސ. މަރަދޫ
  8. އައިޝަތު ހުސައިން މަނިކު، ހ. ރީދޫކޮކާގެ
  9. މުހައްމަދު ޝާމިން، އިރުދޭމާގެ، ގދ. ގައްދޫ
  10. ހުސައިން އަމްރު، ވ.ރޯޝަން

ރައީސް އިސްކަން ދެއްވާ ތަރުތީބުން ފޮނުއްވާފައިވާ އެ ނަންތައް ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

ބްރޯޑްކޮމް އިން މެންބަރެއްގެ މަގާމު ހުސްވެފައި ވަނީ ޒީނާ ޒާހިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައި ވާތީ އެވެ.