ގއ. ދާންދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވުމުން، އެރަށް މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ އެ ރަށުން 100އަށްވުރެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އެ ހުރިހާ ރޭންޑަމް ސާމްޕަލްއެއް ވެސް ނެގަޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނުގެ އެޗްޕީއޭއިން އެރަށް މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ދާންދުއިން ކޮވިޑަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. ބަލިން ރަނގަޅު ނުވާ މީހާގެ ހާލުވެސް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.

ހެނދުނު 11:54ގައި މޮނީޓަރިންއިން ނަގައިފި. 100އަށްވުރެ ގިނަ ރޭންޑަމް ސާމްޕަލް ނެގި، ހުރިހާ ސާމްޕަލްއެއްވެސް ނެގަޓިވް
އިސްމާއިލް މުހައްމަދު

ކޮވިޑް ކޭސްތަކެއް ފެނިގެން ދާންދޫއަށް އަރާ ފޭބުން މަނާ ކުރީ މިދިޔަ މަހު 14 ވަނަ ދުވަހެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ލީ، ގއ. ދެއްވަދޫ ކްލާސްޓާ އާ ގުޅިގެންނެވެ.

ދެއްވަދޫން ފުރަތަމަ ކޭސް ފެނިފައި ވަނީ މިދިޔަ ޑިސެންބަރު ގައި އެ ރަށުގައި ފުރަބަންދުގައި ހުރި މީހަކަށް މައުލޫމާތު ނުބައިކޮށް ދެވި އޭނާ ކަރަންޓީނުން ދޫކޮށްލި ފަހުން ނަތީޖާ ޕޮޒިޓިވް ވި ކަން އެނގުމުން ކަމަށް ކުރިން އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ޕޮޒިޓިވް ކަން ބަލި މީހާއަށް އެނގުނު އިރު އޭނާ ވަނީ ގެއިން ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވެފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ގއ. ދެއްވަދޫގައި ކޮވިޑް ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އައި އިރު ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެ އަތޮޅު ވިލިނގިލި އައި ދާންދޫ އާއި ލ. ފޮނަދޫ އަދި ހުޅުމާލެއިން ވަނީ ކޭސްތަކެއް ފެނިފައެވެ.