ތާޖް ކޮރަލް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެ ރޭ އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތާޖް ކޮރަލް ރިސޯޓުގެ ވޯޓާ ވިލާ ގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާ ކަމަށާއި އަލިފާންގަނޑު ނިއްވާލާފައިވަނީ އެ ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން ކަމަށެވެ.

އެހާދިސާ ހިނގަފައި ވަނީ ރޭ 10:30 ވާން އުޅެނިކޮށެވެ.

އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ. އެހާދިސާގައި އެ ވިލާ އެއްކޮށް އަނދާފައި ވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

މިމަހު 12 ވަނަ ދުވަހު ވެސް ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގެއާއި ސްޓާފް ކުއާޓާސްގައި ރޯވެ ވަނީ އަދާފައެވެ.

މިމަހު 5 ވަނަ ދުވަހު އޮޅުވެލި ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވި އަލިފާންގަނޑެއް ފެތުރި، 2 ރޫމެއް ވަނީ ބޭނުން ކުނުރެވޭ ވަރަށް އަނދާފައެވެ.

މީގެ އިތުރުން މިދިޔަ މަހުގެ 13 ވަނަ ދުވަހު ހއ މަނަފަރު ރިސޯޓް ގައި ހުންނަ އިންޖީނު ގޭގައި ވެސް އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.