މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ގައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ސެޓްފިކެޓް 1 އިން ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝަން” ކޯހުގެ ހަވަނަ ބެޗްގެ ކިޔެވުން ފަށައިފިއެވެ.
މާފުށީ ޖަލުގައި ފަސް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 12 ގައިދީންނާއި 15 ޕްރިޒަން އޮފިސަރުން ބައިވެރިވެފައި ވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނުން ބުނީ މި ކޯހުގެ މަގްސަދަކީ ކޯހުގެ ބައިވެރިންނަށް ކަރަންޓު ވައިރުކުރުމާއި ބެހޭ މައުލޫމާތު ދިނުމާއި ވައިރު ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ތަކެތި ކިޔައިދީ ކަރަންޓާއި ބެހޭ އެންމެހާ މަސަތްކަތްތައް ކުރުމުގައި ވިސްނަންވީ ކަންތައްތައް އަންގައިދިނުން ކަމަށެވެ.
އޭގެ އިތުރުން ކަރަންޓު ވައިރު ކުރާނެ ބޭސިކް ގޮތްތައް ދަސްކޮށް ދިނުމާއި ޖަލުގެ މާހައުލުން ނުކުތުމަށް ފަހު ގޯތިގެދޮރާއި އެހެނިހެން އިމާރާތްތަކާއި ތަންތަން ވައިރު ކުރާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށް ކަރެކްޝަނުން ބުނެއެވެ.
މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އެމްކިއުއޭއިން ލެވަލް 1 ގެ ފެންވަރަށް ގަބޫލުކުރާ ސެޓްފިކެޓެއް ލިބޭނެ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ކަރެކެޝަނުން ބުނީ މި ކޯހުގައި ކިޔަވާދޭނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިސުން ކަމަށެވެ.
މި ކޯހުގައި މައިގަނޑު ހަތް މޮޑިއުލް ކިޔަވައި ދޭނެއެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ސިންގަލް ފޭސް އެންޑް ތްރީ ފޭސް އިލެކްޓްރިކަލް ވަޔަރިން އާއި އިންސްޕެކްޝަނާއި ޓެސްޓިން އާއި ފޯލްޓް ފައިންޑިން އެންޑް ރިޕެއާ އިން ޑޮމެސްޓިކް އިންސްޓޮލޭޝަން ހިމެނެއެވެ.
އޭގެ އިތުރުން އެސްޓިމޭޓް ހެދުމާއި ކަރަންޓު ވަޔަރު ކުމަށް ބޭނުންވާ ތަކެތި، އިންސްޓޯލް ކުރުމާއި ރިޕެއާ ކުރުން ނުވަތަ ރިޕްލޭސް އިލެކްޓްރިކަލް ކޮންޓްރޯލް ސިސްޓަމް އެންޑް ޕްރޮޓެކްޓިވް ސްވިޗް ގިއާ ފަދަ މޮޑިއުލްތަކުގެ އިތުރުން އިނގިރޭސި އަދި ހިސާބު ވެސް ކިޔަވާދޭނެއެވެ.