މާލޭގެ މާފަންނު އޯކީޑްމަގުގައި ހުންނަ ގެއެއްގެ ޓެރެސްގެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓި ފުނޑުފުނޑު ވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ ދާދި ދެންމެ އޯކިޑު މަގުގައި ހުރި "ކޮކިނާ ޕްލަސް" ނަމަކަށް ކިޔާ ފިހާރަ ހުރި އިމާރާތުގެ ޓެރެސްގެ ބިއްލޫރިގަނޑެއް ވެއްޓިގެންނެވެ.

އިމާރާތުގެ ޓެރަސްގައި ހުރި ބިއްލޫރިގަނޑުނެއްޓިފައި / ފޮޓޯ: ދަ ޕްރެސް

މިހާދިސާގައި އެއްވެސް މީހަކަސް އަނިޔާ ލިބިފައި ނުވާއިރު ބިއްލޫރިގނަޑު ވެއްޓުނީ އެސަރަހައްދުގައި ހުރި ސައިކަލު ތަކުގެ މައްޗަށެވެ. އެއާއެކު ބިއްލޫރިގަނޑު ވަނީ ފުނޑުފުނޑު ވެފައެވެ.

މި ހާދިސާ ހިނގީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ. ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވާއިރު މިކަމާ ގުޅިގެން ފުލުހުންގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.

މީގެ ކުރިން ވެސް މާލޭގެ ބައެއް އިމާރަތްތަކުގެ ދޮތުތަކުގެ ބިއްލޫރިތައް މަގުމައްޗަށް ވެއްޓި ނުރައްކާތެރި ހާދިސާތައް ވަނީ ދިމާވެފައެވެ.

އެގޮތުން މަޖީދީ މަގުގައި ހުންނަ މާލެ ގްރޭންޑްގެ 4 ވަނަަ ފަންގެފިލާއިން ވެއްޓުނު ބިއްލޫރި ގަނޑަކުން ޖެހި މީހަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާގައި ބިއްލޫރި ގަނޑުން ޖެހި 36 އަހަރުގެ އަންހެނެއްގެ އަތް ކަފައިގެން ދިޔައެވެ.