އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރަކުން ބިއްލޫރި ތަކެއް ބަރު ކުރަނިކޮށް، ޕެލެޓެއް ވެއްޓި މީހަކު ތާށިވެއް ވެއްޖެއެވެ.

މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މި ހާދިސާގައި އެކަކު ބިއްލޫރި ޕެލެޓް ދަށުވެ ތާށިވެފައި ވާއިރު، އިތުރު މީހަކު ޒަހަމް ވުމުގެ ސަބަބުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ކޮންޓެއިނަރު ތެރޭގައި ހުރި ބިއްލޫރި ޕަލެޓް އަރިއަޅާލައިގެން ވިއްޓި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް 7:45 ހާއިރު ލިބިފައި ވާއިރު، އެމްއެންޑީއެފްގެ ފަޔާ ޓީމުން ދަނީ ޕަލެޓް ދަށުވި މީހާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފަޔާ ޓީމުން ދަނީ ކޮންޓެއިނަރުގެ ބޭރު ކަފާލައިގެން މީހާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ސަލާމަތް ކުރުމުގެ މަސައްކަތުގައި ފަޔާ ޓީމާއެކު ފުލުހުންނާއި ޕެރެމެޑިކްސް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.