ގައުމީ އެއާލައިން މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރަކަށް މއ. މޮންޓްރިއަލް، މުހައްމަދު މިހާދު އައްޔަން ކޮށްފިއެވެ.

މޯލްޑިވިއަންގެ އެމްޑީއަކަށް މިހާދު އައްޔަން ކުރެއްވުމުގެ ކުރިން އެނާ ހުންނެވީ އެމްއޭސީއެލްގެ ބޯޑް މެންބަރެއްގެ ގޮތުގައެވެ. މީގެ އިތުރުންވެސް ކުރީ ސަރުކާރުތަކުގައި ވެސް އޭނާ ވަނީ ސަރުކާރާއި ސަރުކާރު ކުންފުނިތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭނާ ވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރު ކަމާއި އަދި ޗީފް އެކްޒެކެޓިވް އޮފިސާ (ސީއީއޯ) ގެ މަގާމު ފުރުއްވާފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމުގައި އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ކަމާއި އެއާޕޯޓުގެ ބޯޑް މެންބަރުކަން ކުރައްވާފައެވެ.