ގދ. ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއު ފެށުމައްޓަކައި ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރަން ފަށާފައިވާ ކަމަށެވެ.

މި މަޝަރޫއަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްތީސީސީން ބުނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއަކީ ކޮންސްޓަރްކްޝަން މަސައްކަތާއި، ބަނދަރު ހެދުމުގެ މަސައްކަތާއި މަގު ހެދުމާއި ތާރު އެޅުން ފަދަ މަޝްރުއުތައް ރާއްޖޭގެއ ެކި ކަނޚޮލޫތަކުގައި ކުރާ ކުންފުންނެކެވެ. އެމްޓީސީސީން ރާޢްޖޭގެ އެކި ކަންކޮޅުތަކުގެ ތަފާތު މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެ ކުންފުނިން މި އަހަރު ހިންގި އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއު އަކީ ހޯރަފުށީ އެއާޕޯޓްގެ މަޝްރޫއެވެ.