ދިރާގަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދިން 65 މުވައްޒަފެއްގެ އަގު ވަޒަންކޮށް، އެވޯޑު ދީފިއެވެ.

އެކަމާ ގުޅިގެން ދިރާގުން ބުނީ، ދިރާގުގެ 200އަށް ވުރެ ގިނަ މުވައްޒަފުންގެ ބައިވެރިވުމާއެކު ބޭއްވި ހާއްސަ ހަފްލާގައި އެވޯޑު ދީފައިވަނީ އެކުންފުންޏަށް 10، 15 އަދި 25 އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ކަމަށެވެ.

އެގޮތުން ޖުމުލަ 65 މުވައްޒަފަކަށް އެވޯޑު ލިބިފައިވެއެވެ.

އެ ހަފްލާގައި ބައިވެރިވަޑައިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ އެވޯޑު ލިބުނު ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ.

ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށް ދިނުމުގައި މުވައްޒަފުން ކުރާ މަސައްކަތްތައް ފާހަގަކޮށް، މުވައްޒަފުން ބާރުވެރިކުރުމަށް ދިރާގުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.