ކ. ތިލަފުށީ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެދުން ބުނީ ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ ޓީމުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ ވިލާ ސައިޓުގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެވަގުތު އެ ދޯންޏާ ކައިރި އިތުރު ދޯންޏެއް އޮތް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެހާދިސާގައި އެކަކު ފިހިގެން މާލެ ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއްކަން އަދި ސާފުވެފައެއް ނުވެއެވެ.