މާރާމާރީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައަކީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ބިދޭސީއެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 40 އަހަރުގެ އަލަމިން މިއާ، ޕާސްޕޯޓް ނަންބަރު BY0942817 އެވެ.

ފުލުހުން ބުނީ އަލަމިން މިއާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791674 އަށް ގުޅައި ހިއްސާކުރުމަށެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ، އުޅޭ ވަކި ތަނެއް ނޭނގޭ ބިދޭސީންނާއި ދުވެހި މީހުން، ފުލުހަށް ހާޒިރުވުމަށް އަންގާ އެކަން އާންމުކޮށް އިއުލާން ކޮށްފައެވެ.