ރާއްޖޭގައި ހިޔާނާތުގެ އެންމެ ބޮޑެތި ކުށް ސާބިތުވެ ޖަލަށް ލީ މީހުން މިހާރު ގޭގައި ތިއްބެވީ އިއްތިފާގަކުންތޯ އައްސަވައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒް ސުވާލު އުފައްދަވައިފިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު މިހާރު ގޭގައި ތިއްބެވީ އިއްތިފާގަކުންތޯ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހެޔޮފުޅު ކަމުންތޯ އައްސަވާފައެވެ.
މުއިއްޒު ސުވާލު އުފައްދަވާފައި ވަނީ އިއްޔެ ޒިޔަތަށް އިއްވާފައިވާ ހުކުމާއި އަދީބަށް އިއްވި ހުކުމާއި އޭގެ ފަހުން ފެންނަން އޮތް ހަގީގަތްތަކުގެ މައްޗަށް ބަލައިގެން ޒިޔަތާއި އަދީބު ގޭގައި ތިއްބެވުމުންނެވެ.
ޒިޔަތަށް ދައުލަތުން އުފުލި 32 ދައުވާއަށް އޭނާ އެއްބަސްވެފައި ވާތީ އޭނާ 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އިއްޔެއެވެ. އެކަމާ ގުޅިގެން ޒިޔަތު ވިދާޅުވެފައި ވަނީ އެ މަގާމުގައި ހުންނެވި އިރު އަމަލު ކުރައްވަމުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދީބު އަންގަވާ ގޮތުގެ މަތިން ކަމަށެވެ. އޭގެ އިތުރުން ހިޔާނާތުގެ އެއްވެސް ފައިސާއެއް ސިދާ ގޮތަކަށް ވެސް އަދި ނުސީދާ ގޮތަކަށް ވެސް އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިިވި ކަމަށް ޒިޔަތަށް ތުހުމަތު ކުރާ ފައިސާގެ އަދަދު 781 މިލިއަން ރުފިޔާއަށް އަރައެވެ. ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށް ލުން ކަމަށް ނިންމާފައި ވާއިރު ޒިޔަތު ޝަރީއަތަށް އެއްބާރުލުން ދެއްވައި އިއުތިރާފު ވެވަޑައިގެންފައި ވާތީ އޭނާގެ މައްޗަށް ކުރާ ހުކުމަށް ލުއިދޭން ވަނީ ނިންމާފައެވެ.
ހިޔާނާތުގެ ދައުވާއެއް ސާބިތުވެ ޒިޔަތު އަންނަނީ 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް އޭނާ މިހާރު ހުރީ ގޭ ބަންދުގައެވެ.
ކަންބޮޑުވެލައްވަނީ ޔާމީނާ ހެދި އުތަ؟ ޔާމީން އަސްލުގައޮތީ ޖަލެއްގައެއްނޫން. އެކަހަލަތަނަކަށް ޖަލޭ ތިކިޔަނީ ބަޔަކު އޮޅުވާލަން. ބަލަންތިބޭ ޔާމީން އަންނީ އެތަނުން ނުކުމެގެން ކޮންތާކަށްތޯ؟ދައްޖާލު އަރާދުވަސް ކާރިވަނީ.......