ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދެމުން އަންނަ ތޫފާން ނިވާރްގެ ބާރު ގަދަ ވަމުން އަންނާތީ، އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން، ޗެންނާއީއަށް އޮރެންޖު އެލާޓް ނެރެފިއެވެ.

ތޫފާން ނިވާރްގެ ބާރުގަދަ ވަމުން ގޮސް، ގަޑިއަކު 100-110 ކިލޯމީޓަރާ ދެމެދު، އަދި ކޮޅިގަނޑުގައި ގަޑިއަކު 120 ކިލޯމީޓަރު ބާރު މިނުގައި ވައިޖެހުން އެކަށީގެން ވާ ކަމަށްވެސް އިންޑިއާގެ ސަރަހައްދީ މޫސުމާ ބެހޭ އިދާރާ (އާރްއެމްސީ) އިން ވަނީ އިންޒާރު ކޮށްފައެވެ.

ތޫފާން ނިވާރް އުފެދެމުން ދަނީ ޕޮންޑިޗެރީގެ 550 ކިލޯމީޓަރު އިރު-އިރުދެކުނުން އަދި ޗެންނާއީގެ 590 ކިލޯމީޓަރު ބޭރުންނެވެ.

އާރްއެމްސީއިން ބުނީ އަންގާރަ ދުވަހެއްގައި ނިވާރް، ތޫފާނަކަށް ބަދަލުވާނެ ކަމަށާ، ބުދަ ދުވަހު، ވަރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަސެވެ. އާރްއެމްސީގެ ޑެޕިއުޓީ ޑައިރެކްޓާ އޮފް މީޓިއޮރޮލޮޖީ، އެސް ބާލަޗަންދްރަން ވިދާޅުވީ، ތޫފާން ނިވާރް، ޓެމިލް ނާޑޫއާއި ޕޮންޑިޗެރީގެ އައްސޭރިފަށުގެ ސަރަހައްދުން، ކަރާއިކަލްއާއި ބަހާބާލިޕޫރަމްއާ ދެމެދުން ދަތުރު ކުރާނީ، ނޮވެމްބަރު 25 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

ކޯރުތަކާ ގުޅިފައިވާ ބައެއް ސަރަހައްދުތަކަށް މިއަދުން ފަށައިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ރެޑް އެލާޓް ނެރެފައެވެ. މި ތޫފާނުގައި ބޯކޮށް ވާރޭ ވޭހެނެ ކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.