ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތަކަށް ދިމާވި މައްސަލަ ހައްލު ކޮށްފައިވާ ކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލް ހިދުމަތްތަކަށް ދިމާވި މައްސަލަ ހައްލު ކުރެވިއްޖެ ކަމަށް ބީއެމްއެލް އިން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދީފައެވެ.

ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ދަތިތަކާ ދިމާވެދާނެ ކަމަށް ބުނެފައެވެ. އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ހިދުމަތަށް ބުރޫ އަރާތީ، ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބުރޫ އެރުމާ ގުޅިގެން ގިނަ ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބީއެމްއެލްއިން މީގެ ކުރިން ވެސް މެއިންޓެނަންސްގެ މަސައްކަތައް ކުރަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.