މާލޭގައި ހުންނަ ޕޯސްޓް ބިލްޑިން ކުރިމަތިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އިއްޔެގެ މެންދުރު ފަހު 1:00 ހާއިރު ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕްރޭޝަންއެއްގައި މާލޭގައި ހުންނަ ޕޯސްޓް ބިލްޑިން ކުރިމަތިން ހިފެހެއްޓި މީހަކު ބަލައި ފާސްކުރި ކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރުގަނޑު ތަކެއް ވަނީ ފެނިފައި ކމަށެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި އެއީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާގެ އަތުން ފެނިފައި ވަނީ 2 ބޮޑު ރަބަރުގަނޑުގައި ހުރި މަސްތވާތަކެތި ކަމަށް ފުލުހުން ބުނެއެވެ. އެއީ ކިހާ ބަރުދަނެއްގެ ތަކެތި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލަ މިހާރު ދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހިުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.