ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓާތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ ނިޔަލަށް ކަމަށެވެ. އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާއެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް ދެގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރ އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ވުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ބޫސްޓާ އެކްޓިވޭޓް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ މި ލިންކަށް ޒިޔާރަތް ކުރުމަށް ދިރާގުން ބުނެއެވެ.

ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭން ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ.