އުރީދޫ މޯލްޑިވްސް އިން "އާޗާ ޕްރިޕެއިޑް" ގެ ނަމުގައި ރާއްޖެއަށް މުޅިން އާ ޕްރިޕެއިޑް ޕްލޭންތަކެއް މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫން މިއަދު ތައާރަފް ކުރި އާޗާ ޕްރިޕެއިޑް ޕްލޭންސް އަކީ އެއް ފަހަރު ރީޗާޖްކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްލޭންތަކެކެވެ. ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭ އާޗާ ޕްރިޕެއިޑް ޕްލޭންތައް ބަހަލާފައި ވަނީ 12 މަސް، 6 މަސް އަދި 3 މަހަށް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޕެންޑަމިކްއާ ގުޅިގެން އިންޓަނެޓް ބޭނުން ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، އާންމު ދިރިއުޅުމުގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި، އޮފީސް މަސައްކަތާއި، ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދިއުމާއި އެހެނިހެން ކަންކަމުގައި އިންޓަނެޓްގެ މުހިންމުކަން އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި، އާޗާ ޕްރިޕެއިޑް ޕްލޭން ތައާރަފް ކޮށްފައި ވަނީ، ޕްރިޕެއިޑް ބޭނުންކުރާ ފަރާތްތަކަށް ހެޔޮ އަގުގައި ގިނަ ފައިދާތަކެއް ފޯރު ކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫން ބުނެއެވެ.

އާޗާ ޕްރިޕެއިޑް" އެކްޓިވޭޓް ކޮށްލުމުން އެއް ފަހަރު ރިޗާރޖް ކޮށްލައިގެން 3 މަހަށް، 6 މަހަށް ނުވަތަ 12 މަހަށް ލުއިފަސޭހަ ކަމާއެކު ޑޭޓާ އެލަވަންސް، އަންލިމިޓަޑް އުރީދޫ ކޯލްސް އަދި ހިލޭ އެސްއެމްއެސް ކޮންމެ މަހަކު އާވެ، މެދުކެނޑުމެއްނެތި އާއިލާއާއި ރައްޓެހިންނާއި އެކު އޮންނަ ގުޅުން ބަދަހިކޮށް، އެހެނިހެން ކަންކަން ކުރުމަށްވެސް މަގު ފަހިވެގެންދާނެ.
އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް

ނިޔާޒް ވިދާޅުވީ، އުރީދޫން އަބަދު ވެސް މި މަސައްކަތް ކުރަނީ މިފަދަ އިޖާދީ ތަފާތު ޕްރޮޑަކްޓްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، އިތުރު ލުއިފަސޭހަކަމާއި އެކު ގިނަ ފައިދާތަކެއް ލިބޭ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭތޯ ކަމަށެވެ.

އާޗާ ޕްރިޕެއިޑް ޕްލޭންސް:

  • އާޗާ ޕްރިޕެއިޑް 3 މަސް - 750 ރުފިޔާގެ މި ޕްލޭނުން 2.5 ޖީބީ ޑޭޓާލިބެއެވެ. އަދި އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސްގެ އިތުރުން އެހެން ނެޓްވޯޓް ނަންބަރުތަކަށް 25 މިނިޓް އަދި 50 ލޯކަލް އެސްއެމްއެސް ލިބޭނެއެވެ.
  • އާޗާ ޕްރިޕެއިޑް 6 މަސް - 1500 ރުފިޔާގެ މި ޕްލޭނުން 3 ޖީބީ ޑޭޓާލިބެއެވެ. އަދި އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސްގެ އިތުރުން އެހެން ނެޓްވޯޓް ނަންބަރުތަކަށް 50 މިނިޓް އަދި 100 ލޯކަލް އެސްއެމްއެސް ލިބޭނެއެވެ.
  • އާޗާ ޕްރިޕެއިޑް 12 މަސް - 3000 ރުފިޔާގެ މި ޕްލޭނުން 3.5 ޖީބީ ޑޭޓާލިބެއެވެ. އަދި އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސްގެ އިތުރުން އެހެން ނއޓްވޯޓް ނަންބަރުތަކަށް 100 މިނިޓް އަދި 200 ލޯކަލް އެސްއެމްއެސް ލިބޭނެއެވެ.

އާޗާ ޕްލޭންތައް އުރީދޫ އެޕް މެދުވެރިކޮށް އަދި *929*1# ޑައިލް ކޮށްގެން އަދި އެސްއެމްއެސް މެދުވެރުކޮށް ވެސް އެކްޓިވޭޓް ކުރެވޭނެއެވެ. އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކުރުމަށް، ކީވޯޑް "3" (3 މަހުގެ ޕްލޭން)، "6" (6 މަހުގެ ޕްލޭން) ނުވަތަ "12" (12 މަހުގެ ޕްލޭން) ޖެހުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.

އުރީދޫން ބުނީ އާ ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެގުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫގެ ޕާޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑާޑް ޕްރިޕެއިޑް ޕްލޭނެއް ގަތުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ *929*1# އަށް ޑައިލް ކޮށްލުމުން އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.