ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗުން ދެމުން އައި ބައެއް ހިދުމަތްތަށް ދަށްކޮށްފައި އޮތުމަށް ފަހު އާންމު ހާލަތަކަށް ގެންނަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށުމުން، އެ ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރޫޓިންކޮށް ދެމުން އައި މެމޮގްރާފް ފަދަ ހިދުމަތްތައް ހިމެނެއެވެ.

ކޮވިޑް-19އަށް މާލެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއާއެކު މާލެ ލޮކްޑައުންކުރުމާ ގުޅިގެން އައިޖީއެމްއެޗުން ދެމުން އައި ބައެއް ހިދުމަތްތައް މެދު ވެސް ކަނޑާލިއެވެ.

ފަހުން އެ ހިދުމަތްތައް އަލުން ފެށީ ގިނަ ބަދަލުތަކަކާ އެކުއެވެ. އެގޮތުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.