ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދީފައިވާ ކުރެޑިޓް ރޭޓިން ސީސީސީ އަށް ދަށްކޮށްފިއެވެ.
ފިޗުން ބުނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ ފަތުރުވެރިކަން ހުއްޓި ބޭރު ފައިސާ ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. މިއީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މިއަހަރުގެ ތެރޭގައި ދަށްކުރި ދެވަނަ ފަހަރެވެ.
ފިޗުން ބުނީ ރާއްޖޭން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭނުންކުރަން ހުރި ބޭރު ފައިސާ މަދު ކަމަށާއި ޓޫރިޒަމް ރަނގަޅު ނުކޮށް ރާއްޖެއަށް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށެވެ.
ފިޗުން އަންދާޒާކުރާ ގޮތުގައި މިވަގުތު ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރަކީ 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސް އާއި ސުނާމީއާ ގުޅިގެން ވެސް އިގްތިސޯދަށް ނުލިބޭ ވަރުގެ ބޮޑު ގެއްލުމެކެވެ.
އޭގެ އިތުރުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމާއެކު ރާއްޖޭގެ ޓޫރިޒަމް ފެށި ނަމަވެސް އިގްތިސާދު ރަނގަޅުވާނީ 2022 ގައި ކަމަށް ފިޗުން ވަނީ ބުނެފައެވެ.
މި އަހަރު ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓު ދަށަށް ދާނެ ކަމަށް ވެސް ފިޗުން ވަނީ ލަފާކޮށްފައެވެ.