އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ މައްސަލަ މިހާރު ބަލަމުންދާނީ ސިވިލް އޭވިއޭޝަންން އޮތޯރިޓީގެ އިހްތިސޯސްގެ ތެރެއިން ކަމަށް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ބުނެފިއެވެ.
ސިވިލް އޭވިއޭޝަނުން އަންގާފައިވާ ގޮތުގައި ފްލައިން ސްކޫލުގެ މައްސަލަ ބަލަމުން ދާނީ އެ އޭވިއޭޝަންގެ އިހްތިސޯސްގެ ތެރެއިން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ. ހަމައެއާއެކު ފްލައިން ސްކޫލުގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކަކީ ސިވިލް އޭވިއޭޝަނުން މޮނިޓާ ކުރަންޖެހޭ ޕްރޮގްރާމްތަކެއް ކަމަށާއި އެކަން ވެސް އެ އޮތޯރިޓީއިން ދަނީ މޮނިޓާކުރަމުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ފްލައިންގް ސޫކުލުގައި މިވަގުތު މަތީ ތައުލީމާ ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާ އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމަށް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މަސައްކަތު 20 ދުވަހުގެތެރޭގައި އެ މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ކަމަށް ބުނެފައި ވާނެ ކަމަށެވެ. އަދި އެ ޕްލޭން ތަންފީޒުކުރުމާ ގުޅޭ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށްވެސް އެ އެކަޑަމީއަށް އަންގާފައި ވާނެ ކަމަށް ފްލައިން ސްކޫލުން ބުނެއެވެ.
ނަމަވެސް މިއަދާ ހަމައަށް އަށް ވެސް އެ ސްކޫލުން އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން ހަދާ އެ މިނިސްޓްރީއަށް ފޮނުވާފައި ނުވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ. މިގޮތަށް އެ މިނިސްޓްރީން އެދިފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މަސައްކަތު 20 ދުވަސް ތެރޭ ހުށަހަޅަން ޖެހޭ އިރު އެ މުއްދަތު ހަމަވާނީ މި މަހުގެ 25 އާ ހަމައަށެވެ.
ސ. ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލައިގައި ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އަދި 86 ދަރިވަރުން ވަނީ ސްކޫލުގެ މައްސަލަތައް ހިއްސާކޮށް ޕެޓިޝަނެއްގައި ސޮއި ކޮށްފައެވެ. ޕެޓިޝަންގައި ސޮއިކުރި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ސްކޫލުން ވަކިކުރަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިކަން ނުކުރުމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ. އޭގެ ފަހުން އެ ސްކޫލުގެ ފަރާތުން ވަނީ އިންޒާރުގެ މެއިލްތަކެއް ވަނީ ކޮށްފައެވެ.
ޕެޓިޝަންގައި ބައިވެރިވި ދަރިވަރުންނަށް ފޮނުވި އިންޒާރުގެ މެއިލްތަކުގައި ވަނީ 3 މަސް ދުވަސްހާ މުއްދަތެއްގެ ތެރޭގައި ހުރިހާ އިމްތިހާނެއް ނިންމުމަށް އަންގާފައެވެ. އެ މުއްދަތުގެ ތެރޭގައި އިމްތިހާންތައް ނުނިންމިއްޖެ ނަމަ ސްކޫލުން ވަކިކުރެވޭނެ ކަމަށް ފްލައިން ސްކޫލުން ބުނެފައި ވެއެވެ.
މި މައްސަލަ ސިވިލް އޭވިއޭޝަނާއި، އޭޑިއުކޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ދަރިވަރުން ބުނެފައި ވެއެވެ. އަދި މި ކަމާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކުން މި މައްސަލަ ބަލާނެ ކަމަށް ބުނެފައިވާ ކަމަށް ދަރިވަރުން ބުނެފައި ވެއެވެ.
އަދިވެސް ފްލައިން ސްކޫލްގެ ދަރިވަރުން ތިބީ އެކުދިންގެ ހައްގުތައް ކަށަވަރުވާނެ ވަގުތެއްގެ އިންތިޒާރުގައެވެ.