ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ހއ. ކެލާ ލިލީ ހައުސް މަރާމާތުކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި، ލިލީ ހައުސް މަރާމާތު ކުރަން ހުށަހަޅާ ފަރާތަކީ އެ މަރުކަޒުން ދޭ މައުލޫމާތާއި އެއްގޮތަށް އެތަން މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކޮށްދެވޭނެ ބަޔަކަށް ވާން ޖެހެއެވެ. އެގޮތުން އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ މަރުކަޒުން ބުނެއެވެ.

ހއ. ކެލާ ލިލީ ހައުސް

މި ކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުން އޮންނާނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު، ގައުމީ ދާރުލްއާސާރު އަދި ކެލާ ކައުންސިލް އިދާރާގައި މި މަހުގެ 9 ވަނަ ދުވަހުގެ މެންދުރު 12:30 ގައި ކަމަށް އެ މަރުކަޒުން ބުނެއެވެ. އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނީ އެ މަރުކަޒާއި ކެލާ ކައުންސިލްގެ އިދާރާގައި މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކަމަށް ވެސް އެ މަރުކަޒުން ބުނެއެވެ.

މީގެ އިތުރުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ، މައުލޫމާތު ސާފުކުރުމަށާ އަންދާސީހިސާބު ހުށަހަޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މައިލޫމާތު ހޯދަން ބޭނުންނަމަ 3323206 ނަންބަރު ފޯނަށް ގުޅުމަށް އެ މަރުކަޒުން އެދެއެވެ.