"ހިޔާ މަޝްރޫއު" ގެ ދަށުން ފުލެޓަށް އެދި H7 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފޯނުން ނުގުޅޭ މީހުންގެ ދެ ވަނަ ލިސްޓެއް ނެރެފިއެވެ.
ރައީސް އޮފީހުން ބުނީ "ހިޔާ މަޝްރޫއު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅާ ވެރިފައި ކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދާ ކަމަށެވެ.
އެގޮތުން ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި H7 ކެޓެގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅޭ ފަރާތްތަކުގެ ލިސްޓުގެ ގޮތުގައި އޮކްޓޫބަރު 29 ވަނަ ދުވަހު އާންމުކުރައްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އިތުރުން، ނުގުޅޭ 93 ފަރާތެއް ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ފުރަަތަމަ ލިސްޓުގައި ނުގުޅޭ 509 ފަރާތެއް ވެއެވެ.
ދެ ވަނަ ލިސްޓުގައި ހިމެނޭ ފަރާތްތަކުން ވެސް ނޮވެންބަރު 5، 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ލިންކުގައިވާ ފޯމު ފުރިހަމަ ކުރުމަށް އެ ކޮމެޓީން އެދިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ހިޔާ ފްލެޓްގެ H7 ކެޓަގަރީ އަކީ 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެވެ.