ދޯންޏެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ 16 މީހުންނާއެކު މ. މުލިން ލ. ގަމަށް ދަތުރުކުރަމުންދިޔަ 42 ފޫޓުގެ "ނަސީބު" ނަމަކަށް ދޯންޏެއް ލ. އިސްދޫ އާ ދިމާ 12 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް ސެންޓްރަލް ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އެދޯނީގައި ތިބި 12 މީހުން ލ. ގަމަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ 01:14 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އެ ދޯނިގެ އިންޖީނު ރަނގަޅު ކޮށްގެން މިހާރު ދޯނި ލ. އިސްދޫއަށް ދަތުރުކުރަމުންދާ ކަމަށެވެ.

ކަނޑުމަތީގައި ހިނގާ މިފަދަ ހާދިސާތަކުގައި އާންމު ރައްޔިތުންނަށް އެމްއެންޑީއެފްގެ އެހީތެރިކަން ދަނީ ލިބެމުންނެވެ.