ކ. ގުޅީފަޅު ބޭރުގައި އޮތް ބޯޓަކުން ވެއްޓި ބޯފަޅައިގެން ދިޔަ މީހާ މަރުވެއްޖެއެވެ.

އައިޖިއެމްއެޗުން ބުނީ މަރުވެފައިވަނީ 64 އަހަރުގެ ބިދޭސިއެއް ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުއިވާކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ގުޅީފަޅާ ދިމާލުން ބޭރުގައި ބަނދަރުކޮށްފައި އޮތްވިކްޓޯރިއާ-267 ނަމަކަށް ކިޔާ ބޯޓުން އެމީހާ ވެއްޓިގެން އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 11:15 ހާއިރުއެވެ. އެމީހާ ބޯޓުން ވެއްޓި ބޯ ފަޅައިގެންގޮސްގެން ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑުގެ އެހީތެރި ކަމާއެކު މާލެ ގެނެސްފައިވަނީ މެންދުރު 12:10 ހާއިރުއެވެ.

މިއަދު މިހާދިސާ ހިނގާފައި ވާއިރު، އައިޖީއެމްއެޗާ ދިމާ މޫދުގައި މަރުވެފައި އޮތް އުމުރުން 31 އަހަރުގެ ދިވެއްސަކުވެސް މިއަދު ހެނދުނު ވަނީ ފެނިފައެވެ. މަރުވި މީހާއާ ގުޅޭ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.