ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ހިދުމަތްތައް ބުރޫ އަރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ މެއިންޓެނަންސްގެ މަސައްކަތެއް ކުރަމުން ދާތީ ބީއެމްއެލްގެ ބައެއް ހިދުމްތަކަށް ބުރޫ އަރާނެ ކަމަށެވެ.

އެގޮތުން އެގޮތުން އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް ސާވިސް ބޭނުން ކުރުމުގައި ބުރޫ އަރާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެކުންފުނިންވަނީ ބުނެފައެވެ.

އެހިދުމަތަކަށް ބުރޫ އަރާތީ، ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ. ބީއެމްއެލް އިން ބުރޫ އަރާނެ ކަމަށް ބުނި އިރު ބައެއް ފަރާތްތަކުން ބުނީ މިހާރު ވެސް ބައެއް ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.

ބީއެމްއެލްއިން މީގެ ކުރިން ވެސް މެއިންޓެނަންސްގެ މަސައްކަތައް ކުރަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.