މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަ ކުރި މީހާ ރާއްޖެއިން ޑީޕޯޓު ކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރެ އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ދެން އަނބުރާ ރާއްޖެ ނާދެވޭނެ ގޮތަށް ރާއްޖެއިން ޑީޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ރާއްޖެއިން ފޮނުވާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ މީގެ ކުރިން އެ މީހާގެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔަ ކަމަށާއި ނަމަވެސް ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެއެވެ.

އެ ބިދޭސީ މީހާ މަސްތުގެ ހާލުގައި ހުރެ މަގުގެ ދުވާރު މަތީ އިށީނދެ އިނދެ ވާހަކަ ދައްކާ އޯޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. އެ ވީޑިއޯގައި އޭނާ ވަނީ ދީނަށް ފުރައްސާރަ ކުރާ ފަދަ ގޮތަކަށް ވާހަކަ ދައްކާފައެވެ. ބައެއް ބައި ބައި އިނގިރޭސި ބަހުން ބުނާއިރު އަނެއްބައި ތަންތަން އޭނާ ކިޔަމުން ދިޔައީ އޭނާގެ ގައުމުގެ ބަހުރުވައިންނެވެ.