ރެ އިރުއޮއްސުނު ވަގުތު މާލޭ ބޮޑުތަކުރުފާނު މަގުގައި ސައިކަލަކާއި ވޭނެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އނަިޔާވި އަންހެން މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ، ރޭގެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް މިހާރު ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ. އަދި އޭނާ ވަނީ އޮކްސިިޖަނަށް ގުޅާފައި ކަމަށް ވެސް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައިި އެ ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވަނީ ރޭ އިރުއޮއްސި 6:8 ހާއިރެވެ. އެ ހާދިސާ ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުން އައި ވޭނެއް ޖެހިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުވި ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އަނިޔާވެފައިވާއިރު، އެމީހުންނަށް ފަރުވާ ދިނުމަށް ވަގުތުން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ސައިކަލުގެ ފަހަތުގައި އިނީ އަންހެނެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ރޭ މައުލޫމާތުދީފައިވެއެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުވި ދެ އުޅަނދު ދުއްވަން ތިބީ ވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ދެމީހުން ކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.