ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމަށް، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އޮފީހުން ހުޅުވައިލައްވާފައިވާ ކަމަށެވެ. އަދި އެ ފުރުސަތު ހުޅުވާލާފައި ވަނީ އެ ޓްރައިބިއުނަލްގައި މިހާރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަގާމުގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ކަމަށެވެ.

އެގޮތުން އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12، 13، 14 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 12:30 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ރައިށް އޮފީހުން ބުނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑު ކުރެވޭނެއެވެ.