ދިރާގުން އެ ކުންފުނީގެ މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސް، ކޮމްބޯ ޕްލޭންސް ތައާރަފުކޮށްފިއެވެ.

މި ބަދަލުތައް ދައްކާލުމަށް ދިރާގުން ވަނީ ވާޗުއަލް އިވެންޓެއް ބާއްވާ، ސޯޝަލް މީޑިއާ ޗެނަލްތަކުން ދައްކާފައެވެ. ދިރާގު ޕްރީޕެއިޑަށް ގެނައި އަޕްގްރޭޑްތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި އިތުރު ހިލޭ "ޕާކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބިގެންދާނެއެވެ.

މި ޕާކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް މިހާރު ގަންނާކަށް ނުޖެހޭނެއެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލުމުގެ ފަސޭހަކަން މިހާރު ކަސްޓަމަރުންނަށް ލިބޭނެއެވެ. ދިރާގުން ޕްރީޕެއިޑް "ޕާކްސް" ތައާރަފްކޮށްފައިވަނީ، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ފަދަ ހިދުމަތްތައް ގިނައިން ބޭނުން ކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެންނެވެ.

މީގެ އިތުރުން ދިރާގުން ދަނީ އިތުރު ކަސްޓަމާ ސެގްމެންޓްތަކުން ބޭނުންވާ ފަދަ ހިދުމަތްތަކުން އިތުރު ޕާކްސް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދިރާގު މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު 250 ރުފިޔާ އިން ފެށިގެން ޕެކޭޖްތައް އެކްޓިވޭޓް ކުރެވޭ އިރު، މި ޕެކޭޖްތައް ދިރާގު ޕްރީޕެއިޑް އަދި ޕްރީޕެއިޑް ރެޑް ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ލިބި، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް، އެގޮތުން، ދިރާގު ޕްރީޕެއިޑް ހިދުމަތަށް މިގެނައި ބަދަލުގެ ސަބަބުން މިހާރު ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު، އެންމެ އެކްޓިވޭޝަނަކުން ހުރިހާ ހިދުމަތެއް ލިބި، ހަރަދުކުރަން ޖެހޭ މިންވަރު ވެސް ކުޑަވެގެންދާނެ
ދިރާގު ކޮންސިއުމާ މާކެޓް މެނޭޖަރު އައިޝަތް އިޝާނާ

ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވާނެއެވެ.

ދިރާގު ޕްރީޕެއިޑް ހިދުމަތަށް ބަދަލުތައް ގެނެސްފައިވަނީ ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް އަދި ބިޒް ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅިގެންނެވެ. ދިރާގުގެ އެކި އެކި ހިދުމަތްތަކަށް ބަދަލުތައް ގެންނަމުންދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ދިރާގުން ބުނެއެވެ.