މިހާރު ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1422 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ރޭ އިއުލާން ކުރި ތަފާސްހިސާބުތަކުގައި ދައްކާ ގޮތުގައި ޖުމްލަ އެކްޓިވް ކޭސްގެ ތެރޭގައި ހިމެނޭ 2107 މީހުންގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި ރަށްރަށުގައި ތިބީ ޖުމްލަ 48 މީހުން ކަމަށާއި ރިސޯޓުތަކުގައި ތިބީ 54 މީހުންނެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 48 ކޭސް ތިބީ މިހާރު މީހުން ދިރިއުޅޭ 22 ރަށެއްގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެއީ 3 ދިވެހިންނާއި 14 ބިދޭސީން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ ރަށްރަށަކީ ހއ އަތޮޅުން ދިއްދޫ އާއި އިހަވަންދޫއާއި ކެލާ، ހދ. ހިރިމަރަދޫ، ށ. އަތޮޅުން ކަނޑިތީމާއި ފީވަށް، ނ. އަތޮޅުން މަނަދޫ، ރ. އަތޮޅުން ރަސްމާދުއާއި ދުވާފަރު، ޅ. އަތޮޅުން ނައިފަރު، ކ. އަތޮޅުން ހިންމަފުއްޓާއި ހުރާ، އއ. އަތޮޅުން މާލޮސް، ދ. އަތޮޅުން ހުޅުދެލި، ތ. އަތޮޅުން ވޭމަންޑޫ، ގއ. ވިލިގިލި އާއި މާމެންދޫ، ގދ. އަތޮޅުން ގައްދޫއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ގަން އަދި ހުޅުދޫއެވެ.

ރިސޯޓުތަކުގައި 54 އެކްޓިވް ކޭސް ތިބި އިރު މިވަގުތު އޭގެތެރޭގައި ހިމެނެނީ 15 ޓުއަރިސްޓަކާއި 39 ސްޓާފުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެހެންކަމުން މާލެ ސަރަހައުދުގައި މިހާރު ތިބި އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 1320 އެވެ. އެއީ މާލެ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9649 އަށް އަރާފައެވެ. އަދި ދެ ރަށެއް ވަނީ މޮނިޓަރިންގެ ހާލަަތުގައެވެ. އެއީ ގދ. ހޯޑެއްދޫ އަދިގދ. މަޑަވެލި އެވެ.