18 މީހުންނާއެކު ދަތުރުކުރި މަސްދޯންޏެއް ފަރަކަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ 18 މީހުންނާއެކު މަހަށް ނުކުމެ އުޅުނު "ހުވާ-16" ނަމަކަށް ކިޔާ ދޯންޏެެއް ކ.މާފުށި ކައިރި ފަރަކަށް އަރައިފައިވާ ކަމަށް މިރޭ 8:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ސަރަހައްދަުގައި އެމްއެންޑީއެފްގެ މާލެ އޭރިއާގެ ކޯސްޓްގާޑުން ހަރަކާތްތެރި ވަމުން ދާ ކަމަށްވެސް މައުލޫމާތު ދެއެވެ.

ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

މިރޭ މަސް ދޯންޏެއް ފަރަށް އަރާފައި ވާއިރު، މި މަހުގެ 14 ވަނަ ދުވަހު 7 މީހުންނާއެކު މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރި ލޭންޑިން ކްރާފްޓެއް ށ. ނަލަންދޫ ފަރަށް ވަނީ އަރައިފައެވެ.

ފަރަށް އެރި ލޭންޑިން ކްރާފްޓުގައި 140 ފޫޓު ހުރި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.