ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ހިދުމަތްތައް މިރޭ ފުށުއަރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ މެއިންޓެނަންސްގެ މަސައްކަތެއް ކުރަމުން ދާތީ މީރޭ 1:00 އިން 4:00 އާ ދެމެދު ބީއެމްއެލްގެ ބައެއް ހިދުމްތަކަށް ބުރޫއަރާނެ ކަމަށެވެ.

އެގޮތުން އިންޓަނެޓް ބޭންކިން އާއި ޕޭމަންޓް ގޭޓުވޭ އާއި އޭޓިއެމްގެ އިތުރުން ޕީއޯއެސް މެޝިން އަދި ޔޫއެސްޑީ ބުކިން ޕޯޓަލް އެވަގުތު ތަކުގައި ބޭނުން ކުރުމުގައި ބުރޫއަރާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ އެވަގުތުތައް ކަނޑައަޅާފައި ވަނީ ކަސްޓަމަރުންނަށް އުނދަގޫވުން ކުޑަކުރުމަށްޓަކައި ކަމަށެވެ. އަދި ހިދުމަތަށް ބުރޫ އަރާތީ، ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.

ބީއެމްއެލްއިން މީގެ ކުރިން ވެސް މެއިންޓެނަންސްގެ މަސައްކަތައް ކުރަނީ އާންމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.