ހއ. ދިއްދޫގައި އެ ރަށު މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

'ދ ޕްރެސް' އަށް މައުލޫމާތު ދެއވަމުން އެ ރަށު ކައުންސިލލްގެ ރައީސް މުހައްމަދު ހާޝިމް ވިދާޅުވީ، އެ ރަށު ފިރިހެނެއް މޫދުގައި މަރުވެފައި އޮއްވާ ފެނިގެން މިހާރު އެ ރަށު ހޮސްޕިތަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ އުމުރުން 50 އަހަރުން މަތީ މީހެއް ކަމަށާއި ހަވީރު ކަސްރަތު ކުރަން މޫދަށް ގޮސް ހަދާ މީހެއް ކަމަށް ވެސް އޭނާ ބުނެއެވެ.

އެ ރަށު ހޮސްޕިޓަލުން މައުލޫމާތު ދެމުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށެވެ.

ދާދިފަހުން މޫދަށް ވެއްޓިގެން އުމުރުން ދުވަސްވީ މީހަކުވެސް ވަނީ މަރުވެފައެވެ. ތ. ގުރައިދޫ ފަޅުތެރެއަށް ވެއްޓި މަރުވި އެމީހާއަކީ އުމުރުން 84 މީހެކެވެ.