ރ. އަތޮޅުގެ ކުރީގެ މެންބަރު، މާފަންނު ހަވީރީފިނި އިސްމާއިލް ޒަކަރިއްޔާ ކޮވިޑް-19 ޖެހިގެން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އޭނާގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފިއެވެ.

ޒަކަރިއްޔާގެ ލޮބުވެތި އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ރައީސް ސޯލިހް ފޮނުއްވި ތައުޒިޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ފާތިމަތު އިބްރާހީމަށާއި، ޒަކަރިއްޔާގެ ބޭފުޅުންނަށާއި، އާއިލާގެ މެންބަރުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހްގެ ސިޓީފުޅުގައި، އަލްމަރްހޫމް ޒަކަރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެންބަރުކަން ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ސަރުކާރަށްވެސް ދިގު މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއްކަމާއި، ހާއްސަކޮށް، މިނިސްޓްރީ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގަޔާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިޔުކޭޝަންގެ އެކި މަގާމުތަކުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތައް ފާހަގަ ކުރައްވާފައިވެއެވެ.

އަލްމަރްހޫމް ޒަކަރިއްޔާ ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިޔުކޭޝަންގެ މެއިންޓެނަންސް ކޯޑިނޭޓަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމު ހިމެނެއެވެ.

ޒަކަރިއްޔާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު މިދިޔަ ހޯމަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރަކީ 79 އަހަރެވެ. އޭނާއަކީ ރާއްޖޭޣައި ކޮވިޑް ޖެހިގެން އަވަހާރަވި 33 ވަނަ މީހާއެވެ.