ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރާއްޖެއިން އިތުރު 85 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 46 ދިވެހިންނާއި، ރާއްޖޭން ބޭރަށް ނިސްބަތްވާ 39 މީހުންނެވެ.

‏މިއަދު ޕޮޒިޓިވްވި 85 މީހުންގެ ތެރެއިން 82 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. އަދި 3 މީހުންނަކީ އަތޮޅުތެރެއިން ޕޮޒިޓިވް ވި މީހުންނެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 1560 މީހެކެވެ. އޭގެ ތެރެއިން 111 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 767 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 9328 އަށް އަރާފައި ވާއިރު އޭގެތެރެއިން މީހުންގެ ތެރެއިން 33 މީހަކު ވަނީ ނިޔާވެފައެވެ.

‏އަދި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 7729 އަށް އަރާފައެވެ. މިއަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 193 މީހުން ވަނީ މިއަދު ބަލިން ރަނގަޅުވެފައެވެ.