ފެން ކުންފުނި ކަމަށްވާ، މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ކުރިއަށް ގެންދާ "1ހާސް1ހާސް!" 5 ވަނަ ހަފްތާގެ ނަސީބުވެރިން ހޮވައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ 5 ވަނަ ހަފްތާގެ ނަސީބުވެރިން ހޮވާފައި ވަނީ މިިދިޔަ މަހުގެ 29 އިން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮމޯޝަންގައި ބައިވެރިވި މީހުންގެ ތެރެއިން ކަމަށެވެ.

އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށް އެ ޕްރޮމޯޝަން ފަށައިފައި ވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހެވެ.

އެ ޕްރޮމޯޝަނަކީ ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 10 ނަސީބުވެރިންނަށް "އެއްހާސް" ރުފިޔާގެ ގިފްޓް ކާޑަކާއެކު މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ފެން ކުންފުނިން ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ހުރިހާ ފެންބިލަކަށް ފައިސާ ދައްކާ ހަލާސް ކުރާ ކޮންމެ ފަރާތަކަށް ވެސް "1ހާސް1ހާސް!" ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި ވަކި މަސްމަހަށް ބަހާލައިގެން ޑިއު ބިލްތަކަށް ފައިސާ ދައްކާ ހަލާސް ކުރާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެ ކަމަށެވެ.

ހަމައެހެންމެ ރ. ދުވާފަރުގެ ޔުޓިލިޓީ ބިލްގައި ހިމެނޭ ހުރިހާ ހިތުމަތްތަކެއްގެ ބިލްތައްވެސް މި ޕްރޮމޯޝަނުގައި ހިމެނޭ ކަމަށާއި "ހާސް ހާސް" ޕްރޮމޯޝަނުގައި ބައިވެރިވުމަށް އެމްޑަބްލިއުއެސްސީގެ މޯބައިލް އެޕާއި، އޮންލައިން ޕްލެޓްފޯމު މެދުވެރިކޮށް އަދި ޗެކާއި ނަގުތު ފައިސާއިން ވެސް ކަސްޓަމަރުންނަށް ފެން ބިލު ދެއްކޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ޕްރޮމޯޝަނަކީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާގެ ހިދުމަތް ދޭ ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.